މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 7.22ގައި ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، އެ މީހާގެ ކަރަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން ދާކަމަށެވެ.
![]()
