ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

Loading

September 15, 2025
profile
Facebook
Twitter
WhatsApp

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ޞައްޙަ ވިސާ ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ހީނާމާގެ ޕާކިންގ ސަރަހައްދުގައި މި މަހުގެ 14ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 19 ބިދޭސީން ބަލައިފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެތެރޭގައި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކުވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން، މި މަހުގެ 12ވަނަ ދުވަހުގެ ރޭ މާފަންނުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބިދޭސީއަކު އިސްވެހުރެ، ގަވައިދާ ޚިލާފަށް ހިންގަމުންދިޔަ ކެފޭއެއް ބަލައިފާސްކޮށް، ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މީގެތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. 

މި އޮޕަރޭޝަންތަކުގެ ތެރޭން، މި މަހުގެ 10ވަނަ ދުވަހު، މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ އެކޮމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށްފައިވާއިރު، ޞައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ 4 ބިދޭސީއަކު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް