ވިލިމާލޭ ފަޅުތެރޭން ކޮންމެ ދުވަހަކު 10 ކޮތަޅަށްވުރެ ގިނަ ކުނި ނެގޭކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ، ކޮންމެ ދުވަހަކުވެސް ހެނދުނުން ފެށިގެން މުޅި ދުވަހު ކައުންސިލް މުވައްޒަފުން، މާލެ ސިޓީގެ އެކި ސަރަހައްދުތައް ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ.
މިއީ މާލެ ސިޓީއަކީ ސާފު، ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން، މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ކުންޏާއި ބޭނުންނުކުރާ ސާމާނު ނަގައި ސާފުކުރަމުންދާއިރު، މާލެއާއި ވިލިމާލޭގެ ރަށުތެރެއާއި ފަޅުތެރެވެސް ސާފުކުރަމުންދާކަމަށް ކައުންސިލުން ބުނެއެވެ.
މިގޮތުން ސާފުކުރުރާ ކުރުމުގައި ވިލިނގިލީގެ ފަޅުތެރޭން މިހާރަކަށްއައިސް ދުވާލެއްގެ މައްޗަށް ކަޅު ކޮތަޅުގެ 10 ކޮތަޅަށްވުރެ ގިނަ ކުނި ނެގޭކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ކައުންސިލުން ކުރަމުންދާ މި މަސައްކަތުގައި އެއްބާރުލުންދީ، ކުނި ނޭޅުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ކައުންސިލުން ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
![]()
