ގެދޮރުވެރިޔާ ފުލެޓުތަކުގައި ކޮމަރޝަލް ޚިދުމަތް ދޭނީ 6 ޒޯނަކަށް ބަހާލައިގެން

Loading

September 13, 2025
profile
Facebook
Twitter
WhatsApp

ގެދޮރުވެރިޔާ ފުލެޓުތަކުގައި ކޮމަރޝަލް ޚިދުމަތް ދޭނީ 6 ޒޯނަކަށް ބަހާލައިގެން ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އަދި ކޮމަރޝަލް ޚިދުމަތްތައްވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ 4000 ފުލެޓުގެ ތެރެއިން 3000ށްވުރެ ގިނަ ފުލެޓުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި ކަމަށާއި، އަދި މިހާރު ތައްޔާރުވަމުންދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެފްޑީސީން ބުނީ، ކުނި އުކާލުމަށް ޚާއްޞަ ގާބޭޖް ރޫމެއް ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ފަންގިފިލާގައި ހުންނާނެކަމަށެވެ. އަދި ކޮންމެ ޓަވަރެއްގެ ތިރީގައި ސެކިއުރިޓީ ބެލެހެއްޓުމާއި ޓަވަރުތަކުގެ އާއްމު ސަރަހައްދުތައް ކޮންމެ ދުވަހަކު ގަވައިދުން ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މި ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ރީޓެއިލް ފިހާރަތަކާއި ސުޕަރމާކެޓްތައް ހުންނާނެ ކަމަށާއި، އަދި އެހެނިހެން ޚިދުމަތްތައް ފެށުމަށްޓަކައި ކޮމަރޝަލް ޔުނިޓްތައް ދޫކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އެފްޑީސީން ބުނެއެވެ.

އެފްޑީސީން ބުނީ، ކޮންމެ ޓަވަރަކުންވެސް 5 މިނިޓުން ހިނގާފައި ދެވޭ ހިސާބުގައި އާންމު ތަކެތި ވިއްކަ ފިހާރަ ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ކޮންމެ ޓަވަރަކުންވެސް 10 މިނެޓަކުން ހިނގާފައި ދެވޭ ހިސާބުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ފާމަސީތަކާއި އަދި ވެލްނެސް ސެންޓަރުތައް ހުންނާނެ ކަމަށްވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް