މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަނގުލަދޭޝް ދެ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހުއެވެ.
މި ދެ މީހުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި، ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، 317 ފުޅި ބަނގުރަލާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށާއި، އެ ސައިކަލު މިހާރު ވަނީ ޓޯވކޮށްފައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
![]()
