ކުރީގެ ރައީސުންނާއި މެންބަރުންގެ ޢިނާޔަތްތަކަށް ބަދަލު ގެންނަނީ

Loading

September 11, 2025
profile
Facebook
Twitter
WhatsApp

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބިދޭ ޢިނާޔަތްތަކަށް ބަދަލު ގެންނެވުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ‏ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ޤާނޫނުން ލިބިދޭ ބައެއް ޢިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އަދި މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން ޢިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި، ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެތެރޭގައި، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ ޢިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވައިދުތައް އިސްލާހުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް