އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އަޅައިފި

Loading

Facebook
Twitter
WhatsApp

އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިލްޔާސާއި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ”ހުނާން ނަންބަރު 6 އިންޖިނިއަރިން“ ކުންފުންޏާއެވެ.

އަލަށް ތަރައްޤީކުރާ އޮފީސް އިމާރާތަކީ ގާތްގަނޑަކަށް 4،745 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ 12 ބުރީގެ އިމާރާތެކެވެ.

މި ވަގުތު އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރަމުން އަންނަނީ މާލޭގެ ފަސް އިމާރާތެއްގައެވެ.

އެހެންކަމުން އަލަށް ތަރަށްގީ ކުރަމުން އަންނަ އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއް އެއްފުރާޅު ކުރެވޭނެއެވެ.
އަދި އެ ތަންތަނުގެ ކުއްޔަށް ކުރަމުން އަންނަ ހޭދަ ސަލާމަތްކުރެވި މާލީ ގޮތުން އެތައް ލުޔެއް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް