ރަޝިޔާއިން ކެންސަރ ބައްޔަށް ވެކްސިނެއް އުފައްދާ، ވެކްސިން ބޭނުން ކުރަން ތައްޔާރު ވެފައިވާކަން އިއުލާން ކޮށްފިއެވެ. ހުރިހާ ބަލިމީހުންނަށް ހިލޭ ދޫކުރާ މިވެކްސިނަކީ ”mRNA-based” ވެކްސިން އެއްކަމަށާ، ވެކްސިންގެ ނަމަކީ އެންޓަރޯމިކްސް (EnteroMix) ކަމަށް އެގައުމުގެ ފެޑަރަލް މެޑިކަލް ބަޔޮލޮޖިކަލް އޭޖެންސީން ވަނީ އިއުލާން ކޮށްފައެވެ.
އެ ފަރާތުން ބުނެފައިވާ ގޮތުގައި މިއައު ވެކްސިންގެ ޕްރީ ކްލިނިކަލް ޓްރަޔަލްތަކުން އުންމީދީ ނަތީޖާތަކެއް ވަނީ ފެނިފައެވެ. މިގޮތުން ވެކްސިން ބޭނުން ކުރުމުން ކެންސަރުގެ ޓިއުމަރތައް ކުޑަވެ، އަދި އިތުރަށް ބޮޑުވުން ހުއްޓެއެވެ. މި ވެކްސިން ފުރަތަމަ ބޭނުން ކުރެވޭނީ ކޮލޯރެކްޓަލް ނުވަތަ ގޮހޮރުގެ ކެންސަރ ޖެހިފައިވާ މީހުންނަށެވެ.
ރަޝިޔާގެ ފެޑަރަލް މެޑިކަލް ބަޔޮލޮޖިކަލް އޭޖެންސީން ވަނީ އައު ވެކްސީން ގެ ޕްރީ ކްލިނިކަލް ޓްރަޔަލް ތައް މިހާރު ފުރިހަމަ ކޮށްފައިވާކަމަށް ބުނެފައެވެ. މިކަމަށް އެތައް އަހަރެއް ނެގިކަމަށާ މިވަގުތު މަޑުކޮށްގެން ތިބީ ވެކްސީން ބޭނުން ކުރުމުގެ ހުއްދަޔަށް ކަމަށް އޭޖެންސީގެ ވެރިޔާ ވެރޯނިކާ މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ވިކްޓޯރިއާ ބުނެފައިވާ ގޮތުގައި ވެކްސިން އަކީ ރައްކާތެރި ވެކްސިން އެއްކަން ހެދުނު ސްޓަޑީތަކުންނާއި ޓެސްޓް ތަކުން ހާމަވެފައި ވެއެވެ.މިވެކްސިން ބޭނުން ކުރުމުން ކެންސަރުން ސަލާމަތް ވުމުގެ ރޭޓް މަތިވެފައިވާކަންވެސް އޭނާވަނީ ހާމަ ކޮށްފައި ވެއެވެ.
ރަޝިޔާގެ ފެޑަރަލް މެޑިކަލް ބަޔޮލޮޖިކަލް އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި މިވަގުތުވެސް ވަނީ އިތުރު ދެ ގުނަވަކަށް ޖެހޭ ކެންސަރަށް ވެކްސިން ތައްޔާރު ކުމުގެ އެޑްވާންސް ސްޓޭޖްގައެވެ. އެއީ ސިކުޑީގައި އުފެދޭ ޓިއުމަރު ތަކަށާ މެލަނޯމާ ނުވަތަ ހަމުގެ ކެންސަރުގެ ބާވަތް ތަކަކަށް އުފައްދާ ވެކްސިން އެވެ. މީގެ ތެރޭގައި ލޮލުގެ މެމްބްރޭން ތަކުގަ އުފެދޭ ކެންސަރ ސެލް ނައްތާލުމަށް އުފައްދާ ވެކްސިން ވެސް ހިމެނެއެވެ.
”އެންޓަރޯމިކްސް“ ކެންސަރ ވެކްސީން ކާމިޔާބު ވީ ކިހާ ވަރަކަށް ؟
”އެންޓަރޯމިކްސް“ ވެކްސިން އަކީ އަދި ތަހުލީލީ މަރުހަލާގައިވާ ވެކްސީން އެއްނަމަވެސް ވެކްސިން އަކީ ވަރަށް ކާމިޔާބް ވެކްސިން އެއްކަން ވަނީ ހާމަވެފައެވެ.
ނިއުސް 18 ގެ ރިޕޯޓެއް ބުނާ ގޮތުން ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފުރަތަމަ ފޭސްގައި 48 ވޮލަންޓިއަރުން ބޭނުން ކޮށްގެންވަނީ ޓެސްޓްތައް ހަދާފައެވެ.މިވެކްސިން ބޭނުން ކުރި އެއްވެސް މީހަކަށް ސީރިއަސް ”ސައިޑް އިފެކްޓެއް“ ކުރިމަތިނުވާ ކަމަށް ވެއެވެ. އަދި ހުރިހާ ޕޭޝަންޓުން ވެސް ބޭސް ރަގަޅަށް ”ޓޮލަރޭޓް“ ކުރިކަމަށް ވެއެވެ.
ކެންސަރަށް ދެވޭ އެހެން ފަރުވާތައްކަމަށްވާ ކީމޯތެރަޕީ އަދި ރޭޑިއޭޝަން އާއި ޚިލާފަށް ”އެންޓަރޯމިކްސް“ ބޭނުން ކޮށްގެން ފަރުވާދެނީ ސީދާ ކެންސަރ ސެލް އަށެވެ. މިހެން ހެދުމުން ފަރުވާގެތެރޭގައި އެހެން ސެލްތަކާއި ޓިޝޫ އަށް ގެއްލުމެއް ނުލިބެއެވެ.
”އެންޓަރޯމިކްސް“ އުފައްދާފައިވަނީ ހަތަރު ވައިރަހެއް ބޭނުން ކޮށްގެން ކަމަށް ވެއެވެ.ހަތަރު ވައިރަސް ގުޅުވައިގެން އުފައްދާފައިވާ އައު ވައިރަސް އަށްބަދަލުތައްގެނެސް، ވަނީ ކެންސަރ ސެލް އިން ތާކުން ހޯދުމުގެ ބާރު ދީފައި ކަމަށް ވެއެވެ.
”އެންޓަރޯމިކްސް“ ވެކްސިން އުފައްދަނީ އެކި މީހުންނަށް އެކިގޮތަށް ކަމަށް ވެއެވެ.
ވެކްސިންގެ ޓްރަޔަލްގެ ފޭސް ވަން ކާމިޔާބު ނަމަވެސް ޕޭޝަންޓުންގެ ގިނަ އާބާދީ އަކަށް އަމާޒުކޮށް ޓްރަޔަލްގެ ފޭސް ދޭއް އަދި ފޭސް ތިނެއް ފުރިހަމަ ކުރަން ޖެހޭކަމަށް މާހިރުން ބުނެއެވެ. މިވަގުތު މާހިރުން މަޑުކޮށްގެންތިބީ ރަޝިޔާގެ މިނިސްޓްރީ އޮފް ހެލްތުން ވެކްސިން އާންމުކޮސް ބޭނުން ކުރުމުގެ ހުއްދަ ދެންދެނެވެ.