ޝީ، ޕޫޓިން އަދި ކިމް ގުޅިވަޑައިގެން އެމެރިކާއާއި ދެކޮޅަށް ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި

Loading

September 3, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ޗައިނާގެ ރައީސް ޝީ ޖިން ޕިންގ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން އާއި ގުޅިވަޑައިގެން އެމެރިކާއާއި ދެކޮޅަށް ރޭވުންތަކެއް ރާއްވަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.

ޓްރަމްޕް މިމޭރުމުން ކޮމެންޓް ކުރައްވާފައިވަނީ ޗައިނާގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ”ވިކްޓަރީޑޭ ޕެރޭޑް“ ބުދަދުވަހު ބާއްވަމުން ދަނިކޮށް އެމުނާސަބަތާ ދިމާކޮށެވެ. މިޕެރޭޑް ބައްލަވާލެއްވުމަށް މިއަހަރު ދުނިޔޭގެ 26 ގައުމެއްގެ ހެޑްސް އޮފް ސްޓޭޓުން އަދި ރައީސުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި އުތުރު ކޮރެޔާގެ ލީޑަރ ކިމް ޖޮންގ އުން ހިމެނިވަޑައިގަންނަވައެވެ.

ވިކްޓަރީޑޭ ގެ ތަހުނިޔާ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ”ޓުރުތު ސޯޝަލް“ގައި ލިއުއްވަމުން ޓްރަމްޕް ވަނީ އެމެރިކާއާއި ދެކޮޅަށް ޝީ، ޕޫޓިން އަދި ކިމް އާއިއެކު ރޭވުންތަކެއް ރާއްވަވަމުން ގެންދެވިނަމަވެސް ޕޫޓިން އަށާއި ކިމް އަށް ޓްރަމްޕް ގެ ވެދުމާއި ސަލާމް ދެންނެވުމަށް ޝީގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ވިކްޓަރީޑޭ ފާހަގަ ކުރަނީ ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުން ފަހަތަށް ޖެހި، ހަނގުރާމަ ނިމުނުތާ 80 އަހަރުފުރުން ފާހަގަ ކުރުމަށެވެ.

ޓްރަމްޕްގެ ޕޯސްޓްގައި، ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިންވެސް ޗައިނާއަށް ވަރަށް ބޮޑަށް ސަޕޯޓްކޮށް ލެއިން ގުރުބާން ވި ކަމަށް ވިދާޅުވެ މަރުވެގެންދިޔަ އެމެރިކާ ސިފައިންނަށް  ހައްގު ތައުރީފާ ސަނާ ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.  

ޓްރަމްޕް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން ރަޝިޔާ އަދި އެހެން ގައުމުތަކާއެކު އޮންނަ ގުޅުންތައްވަރުގަދަ ކުރި ނަމަވެސް އެމެރިކާއަށް އެކަމުން ބިރެއް ނެތެވެ.

ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޗައިނާއަށް ތާއީދު ކުރާ ގައުމުތަކުގެ ލީޑަރުން އެއްކުރައްވައިގެން ރައީސް ޝީ ގެންދަވަނީ ދުނިޔެއަށް ޚާއްސަކޮށް ހުޅަގަށް މެސެޖެއް ދެއްވުމަށެވެ. އެއީ ހުޅަނގާ ވަކިންވެސް ކާމިޔާބް އިކޮނޮމީތައް ދެމެހެއްޓިދާނެކަމެވެ.

އެމެރިކާއިން ގިނަ ގައުމުތަކަކާ ދެކޮޅަށް ބޮޑެތި އަދަދުތަކުން ޓެރިފް އިއުލާން ކޮށްފައިވާއިރު، ޗައިނާގެ މަގްސަދަކީ އެމެރިކާގެ ބަދަލުގައި ޗައިނާއަކީ ވިޔަފާރީގައި ގައުމުތަކުން ގުޅެވޭނެ ގައުމެއްކަން ހާމަ ކޮށްދިނުމެވެ.

ޗައިނާއިން ގެންދަނީ އެމެރިކާއާއި ދެކޮޅަށް އިގްތިސާދީ ”ކޮއެލިޝަން“ އެއް އުފައްދަން ކަމަށް ގަބޫލުފުޅު ކުރައްވަންތޯ އިންޓަވިއުއެއްގައި ޓްރަމްޕަށް ދެނެވުމުން ވިދާޅުވީ އެގޮތަށް ގަބޫލުނުކުރައްވާ ކަމުގައެވެ. އަދި އެމެރިކާއަށް ޗައިނާގެ އެއްބާރުލުން މުހިންމުވާ ވަރަށް ވުރެބޮޑަށް ޗައިނާއަށް އެމެރިކާގެ އެއްބާރުލުން މުހިންމު ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް