މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް ކުރާ މަސައްކަތެކެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ”މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލެ ރީތިކޮށް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް“ ކަމަށެވެ.

އަދި މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް، މޭޔަރު ވަނީ ވިދާޅުވެފައެވެ.

މޭޔަރ ޢާޒިމް ވަނީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުރިތަކާއި އެކިއެކި ބޯޑުތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރައްވާފައެވެ.

މިގޮތުން މިފަދަ ޢަމަލުތައް ނުކުރުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް