މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނަށް ރައީސް މުޢިއްޒު ފޮނުއްވައިފި

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވައިފިއެވެ.

އެ ދެ ބޭފުޅުންނަށް ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މި އަހަރުގެ އޭޕްރީލްމަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤަ އުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެ، އިޤްތިޞާދީގޮތުން އެގުޅުން ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައި ވެއެވެ.

މި މުނާސަބަތާގުޅިގެން އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓްގައި، މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް