ސައޫދީ އަރަބިއްޔާގައިވެސް ކަރަންޓް ނަރުން ވައްކަން!

Loading

Facebook
Twitter
WhatsApp

ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި، ސްކޫލްތަކާއި އެފަދަ ބައެއް ސަރުކާރު އަދި އަމިއްލަ ތަންތަން ކަރަންޓް ވައިރުކޮށްފައިވާ ނަރުތައް ނައްޓާ، އެއިން ވައްކަން ކުރި ގައުމުން ބޭރުގެ ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ސެކިއުރިޓީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިމީހުން ނަރުތައް ނެއްޓުމަށްފަހު ހުއްދަނެތި ހިންގާ ގުދަންތަކުގައި ބަހައްޓައިގެން ނަރުތައް ވިއްކަމުން ގެންދެއެވެ.މިމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މިހާރު ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހަށް ފޮނުވިފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ އިދާރާއިން ބުނެފައިވެއެވެ.

މި ވައްކަމުގެ ސަބަބުން ރިޔާޟް ގެ 51 ސްކޫލެއްގައި ކިޔަވާނުދެވޭ ވަރަށް ކަރަންޓުގެ ނިޒާމް ވަނީ ހަލާކުވެފައި ކަމަށް ވެއެވެ.

އެހެންކަމުން އަލުން ވަޔަރިންގ ރަނގަޅުކޮށް ކްލާހުގައި ކިޔަވާދެވެން ފެށެންދެން މި 51 ސްކޫލްގެ ކުދިންނަށް ކިޔަވާދޭނީ އޮންލައިންކޮށް ކަމަށް ރިޔާޟް ގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން އަންގާފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް