ރާއްޖެއިން ކޯވިޑް19 އަށް އިތުރު 26 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 8 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 14 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13444 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 553 އެކްޓިވް ކޭސް ހިމެނޭއިރު، 47 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި ވާއިރު، 12836 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.