ޖިއްދާގައި ހުންނަ ޑޮކްޓަރ ސޮލިމަން ހޮސްޕިޓަލުގެ 14 ސެންޓަރަކަށް ”އެކްސެލެންސް“ ސެޓްފިކެޓް ލިބިއްޖެ

Loading

Facebook
Twitter
WhatsApp

ޖިއްދާގައި ހުންނަ ޑޮކްޓަރ ސޮލިމަން ފަކީހް ހޮސްޕިޓަލުން ދޭ ޚިދުމަތުގެ ފެންވަރު ރަންގަޅު ކަމަށް މަޝްހޫރުވެފައިވާއިރު، އެހޮސްޕިޓަލުގައި 14 ދާއިރާއަކުން ފަރުވާދޭ 14ސެންޓަރަކަށް ސާޖިކަލް ރިވިއު ކޯޕޮރޭޝަން (އެސްއާރުސީ) ން ދޭ ”އެކްސެލެންސް“ ސެޓްފިކެޓް ލިބިއްޖެއެވެ.

މިއީ  މުޅި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަދި މިއީ އެއް ހޮސްޕިޓަލަކަށް އެންމެ ގިނަ އެކްސެލެންސް ސެޓްފިކެޓް ލިބުނު ހޮސްޕިޓަލަށް ވަނީ ވެފައެވެ.

ޑޮކްޓަރ ސޮލިމަން ފަކީހް ހޮސްޕިޓަލަށް 14 ”ސެޓްފިކެޓް އޮފް އެކްސެލެންސް“ ލިބިފައިވަނީ ރައްކާތެރި، މަތީ ފެންވަރުގެ، ހުރިހާ ކަމެއް ހިމެނޭ ”ޕޭޝަންޓް ކެއާ“ ފޯރުކޮށް ދިނުމަށް އެހޮސްޕިޓަލުން ކުރަމުން ދިޔަ މަސައްކަތުގެ ފޮނި ނަތީޖާ އެއްގެ ގޮތުންނެވެ. އެހޮސްޕިޓަލުގައި ޚިދުމަތް ރަގަޅު ކަމަށް ފާހަގަ ކުރެވިފައިވާ ދާއިރާތަކަކީ

ރޯބޮޓިކް ސާޖަރީ،

ޔޫރޮލޮޖީ،

އޯތޮޕީޑިކް ސާޖަރީ،

ސްޕައިން ނުވަތަ މައިބަދައިގެ ސާޖަރީ،

އަތުގެ ސާޖަރީ

ކޮލޯރެކްޓަލް ނުވަތް ފުރަގަސްފަރާތާބެހޭ ސާޖަރީ،

ހާނިޔާ ސާޖަރީ،

ޕްލާސްޓިކް ސާޖަރީ،

އެންޑޮސްކޯޕީ،

އީއެންޓީ ސާޖަރީ،

އޮޕްތޮލްމޮލޮޖީ ނުވަތަ ލޮލުގެ ފަރުވާ އަދި ސާޖަރީ ގެ އިތުރުން،

ގައިނެކޮލޮޖީ،

އޮބީސިޓީ ސާޖަރީ އަދި

އޯތޮޕީޑިކް ސާޖަރީ ހިމެނެއެވެ.

މި ސާދަ ދާއިރާއިންވެސް މި ހޮސްޕިޓަލުން ވަނީ ސާޖިކަލް ރިވިއު ކޯޕޮރޭޝަން (އެސްއާރުސީ) ން   ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓާފައެވެ.  މިކަންކަމުގެ ތެރޭގައި ޒަމާނީ ،އެޑްވާސްޑް އިކްއިޕްމަންޓާއި ޓެކްނޮލޮޖީ އާއިއެކު ފުރިހަމަޔަށް ތަމްރީނު ވެފައިވާ ސާޖިކަލް އަދި މެޑިކަލް ތީމްތައް ގެންގުޅުމާއި،ފުރިހަމަ އޮންކޯލް ކަވަރޭޖް ދިނުމާއި،ޕްރޮގްރާމް ކޯޑިނޭޓަރުންނާއި ސްޕެޝަލައިޒްޑް ނަރުހުން، އެސިސްޓަންޓުން އަދި ސާޖިކަލް ސްޓާފުން ގެންގުޅުން ހިމެނެއެވެ.

މީގެ އިތުރުން ޕޭޝަންޓުންނަށް ފުރިހަމަ މައުލޫމާތު ދިނުމާއި ހުރިހާ ޕްރޮސީޖަރަކަށް ޕޭޝަންޓްގެ ހުއްދަ ހޯދުމާއި، ފެންވަރު އަދި ނަތީޖާ މޮނިޓަރ ކުރަމުން ދިއުމުގެ އިތުރުން މައުލޫމާތު ސިއްރު ކޮށް ހިފެހެއްޓުން ހިމެނެއެވެ.

ހޮސްޕިޓަލަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން ފަކީހް ގްރޫޕް ގެ ރައީސް ޑޮކްޓަރ މާޒިން ފަކީހް ވަނީ އެކަން ފާހަގަ ކޮށް ކަމާބެހޭ އިދާރާތަކަށް ޝުކުރު އަދާ ކޮށްފައެވެ.އަދި ކުރިއަށް އޮތް ތަނުގައިވެސް އެހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ހެލްތު ކެއާ ފޯރުކޮށްދެމުން ގެންދާނެ ކަމުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް