ބަންގްލާދޭޝްގެ އިންގިލާބަށް އަހަރެއް ފުރިފައިވާއިރު ފެބްރުއަރީގައި އިންތިޚާބް ބާއްވާނެ ކަން ވަގުތީ ރައީސް އިއުލާން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ބަންގްލާދޭޝްގެ ކުރީގެ ރައީސް ޝެއިޚް ހަސީނާ މަގާމުން ދުރު ކުރެވުނުތާ އެއްއަހަރު ފުރުން އެގައުމުގައި ފާހަގަކޮށްފައިވާއިރު އައު ސަރުކާރެއް ހޮވުމަށްޓަކާ އަންނަ ފެބްރުއަރީ މަހު އާންމު އިންތިޚާބް ބާއްވާނެކަން ވަގުތީގޮތުން ގައުމު ހިންގުމާއި ހަވާލުވެވަޑައިގެންހުންނެވި ލީޑަރު މުހައްމަދު ޔޫނުސް އިއުލާން ކުރައްވައިފިއެވެ.

ހަސީނާގެ ވެއްޓުން ފާހަގަ ކުރުމަށް އަންގާރަ ދުވަހު ވެރިރަށް ޑާކާގެ މަގުތަކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާއިރު، އާންމުން ސިފަކޮށްފައިވާ ގޮތުގައި ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރެވުމަކީ 1971ގައި ޕާކިސްތާނުގެ ކިބައިން އެގައުމު މިނިވަންވި ހާދިސާއަށް ފަހު ދެވަނަޔަށް ހާސިލް ކުރެވުނު ”ލިބަރޭޝަން“ ނުވަތަ މިނިވަންކަން ކަމުގައެވެ.

އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އައު ލީޑަރު މުޙައްމަދު ޔޫނުސްވަނީ ބަންގްލާދޭޝްގައި ގެންނަން ރާވާފައިވާ ޑިމޮކްރެޓިކް އިސްލާހުތަކުގެ މަގު ޗާޓެއް އިއުލާން ކުރައްވާފައެވެ. އަދި އަންނަ ފެބްރުއަރީމަހު، ރަމްޟާން މަހުގެ ކުރިން އިމްތިހާން ބާއްވާ ދިނުން އެދި އިލްކްޝަންސް ކޮމިޝަނަރަށް ލިއުއްވާނެކަމަށް ވިދާޅުވެފައި ވެއެވެ. އަދި އިންތިހާބަކީ ހުރިހާގޮތަކުންވެސް މިނިވަން ދެފުށްފެން އިންތިހާބަކަށް ހައްދަވާނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޔޫނުސް ކުރިން ވިދާޅުވެފައިވަނީ އިންތިހާބް ބާއްވާނީ އަންނަ އަހަރުގެ އެޕްރިލް މަހުގައި ކަމަށެވެ.ނަމަވެސް 170 މިލިއަން މީހުންގެ އާބާދީ އެއްއޮންނަ، މުސްލިމް މެޖޯރިޓީއެއްއޮންނަ ބަންގްލާދޭޝްގެ ސިޔާސީ ޕާޓީ ތަކުން ބޭނުންވީ ރަމްޟާން މަހުގެ ކުރިން އިންތިހާބް ބޭއްވުމަށެވެ.

ޝޭޙް ހަސީނާގެ ވެރިކަމާ އާންމުން ދެކޮޅުވާން ފެށީ އިންސާނީ ހައްގުތަކަށް ބެލުމެއްނެތި ސިޔާސީ ކުށްވެރިންނަށް އަދަބު ދިނުމުގައި ހައްދުފަހަނަ އަޅާދިއުމާއި އަދި ކުށެއްނެތް މީހުން މެރުން އިތުރު ވަމުން ދިއުމާއި ގުޅިގެންނެވެ.އަދ މަގާމުގެ ނާޖާއިޒު ފައިދާނަގާ އާއިލާ އަށް ސަރުކާރުން ކުރާޚަރަދުތައް އިތުރު ކޮށް ސަރުކާރުން ހަމަޔާ އިންސާފު ދޫކޮށްލާފައިވާތީއެވެ. މިގޮތުން އެންމެ ބޮޑަށް އަޅައިގަތް އެއްމައްސަލަޔަކީ ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ކުރިއްސުރެ އޮންނަ ކޯޓާ ސިސްޓަމް ދޫކޮށްލާ ހަސީނާ ބޭނުން މީހުންނަށް ވަޒީފާ ތައް ދެމުން ދާތީއެވެ.

ޝައިޚް ހަސީނާއާއި ދެކޮޅަށް ކިޔަވާކުދިންނާއި އާންމުން ނިކުމެ މުޒާހަރާތައް ކުރަންފެށީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުއެވެ. ކިޔަވާކުދިންނާއި އާންމުގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ފެށި މުޒާހަރާތައް އެންމެ ހޫނުވެގެންދިޔައީ އޮގަސްޓް 5 ވަނަ ދުވަހުއެވެ. އެދުވަހު އާންމުގެ ގިނަބަޔަކު ހަސީނާގެ ގަނޑުވަރަށް ވަދެގަތުމުން ހަސީނާ ވަނީ ފިއްލަވައިގެން ގައުމު ދޫކުރައްވާ އިންޑިޔާއަށް ދަތުރު ކުރައްވާފައެވެ.

އުމުރުފުޅުން 77 އަހަރުގެ ޝެއިޙް ހަސީނާ އަދިވެސް ހުންނެވީ އިންޑިޔާގައެވެ. އަދި ސަރުކާރު ވެއްޓުމަށްފަހު ކުރިޔަށް ގެންދިޔަ ޝަރީއަތް ތަކަށް ކޯޓަށް ހާޒިރު ވުމަށް އެންގުނު އެންގުންތަކަށް އޭނާ ތަބާވެފައެއް ނުވެއެވެ.

ސަރުކާރު ވެއްޓުނުތާ އެއްއަހަރު ފުރުން ފާހަގަ ކުރުމަށް ނިކުތް މީހުންގެތެރޭގައި ހަސީނާގެ އޯޑަރަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން މަރުވި ކިޔަވާ ކުދިންގެ އާއިލާތައް ހިމެނެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް