މައުލޫމާތު ނެތްނަމަ ”ޖަޖް“ ނުކުރާށެވެ.

Loading

Facebook
Twitter
WhatsApp

ކުޑަ ފިރިހެން ކުއްޖަކު ސްކޫލަށް ގޮސްއިނދެ ކޮންމެ ދުވަހަކުވެސް ނިދާތީ އެއްދުވަހަކު ޓީޗަރު ގާތަށް ރުޅިއައިސްގެން އޭނާގެ މޭޒުގައި ޖަހާލުމަށްފަހު ބުންޏެވެ. ”ކޮންމެ ދުވަހަކު ސްކޫލަށް އައިސް އިނދެ ޓީޗަރު ކިޔަވާދޭ ގަޑީގައި ނިދަނީ ކީއްވެގެން ހެއްޔެވެ.؟ އެހާ ކަންނެތް ވާކަށް ނުވާނެއެވެ. ކްލާހުގައި ނިދާވާހަކަ އަހަރެން ކަލޭގެ މަންމަމެން ކައިރީ ބުނާނަމެވެ.“


މިހެން ބުނުމުން ކްލާހުގެ އެހެން ކުދިން އެކުއްޖާއަށް މަލާމަތް ކޮށްފަ ހޭންފެށިއެވެ.
މިކުއްޖާ ކްލާހުގައި ނިދާ މައްސަލައިގައި ޓީޗަރު ވަރަށް ކަންބޮޑުވެއްޖެއެވެ.އަދި ސްކޫލް ނިމުމުން އޭނާގެ ފަހަތުން ދިއުމަށް ނިންމިއެވެ.
ސްކޫލް ނިމުމަށްފަހު ގެޔަށް ދިއުމުގެ ބަދަލުގައި ކުއްޖާ ދިޔައީ ކާރު ދޮވުމުގެ މަސައްކަތް ކުރާތަނަކަށެވެ.ގޮސް ކާރު ދޮންނަން ފެށިއެވެ. ގަނޑިއެއްހާރު މަސައްކަތް ކުރުމުން އެތަނުގެ މީހަކު އައިސް ކުއްޖާއަތަށް ފައިސާތަކެއް ދިނެވެ. މިފައިސާ ހިފައިގެން ކުއްޖާ ފިހާރަޔަކަށް ވަދެ ކާއެއްޗެތި ތަކެއް ގަތެވެ. އަދި އެކޮތަޅު ހިފައިގެން ބާރަށް ހިނގާފަ ދިޔައީ ހޮސްޕިޓަލަކަށެވެ. އެތަނުގައި ވަނީ އޭނާގެ މާމަ އެޑްމިޑް ކޮށްފައެވެ.
މިހުރިހާ މަންޒަރެއް ބަލަމުންދިޔަ ތީޗަރު ހޮސްޕިޓަލުގެ ނަރުހެއް ކުރެން ސުވާލު ކުރިއެވެ. ”އެހެރަ ކުއްޖާގެ މަންމައާއި ބައްޕަޔާ އަހަރެން ބައްދަލް ކުރަންބޭނުމެވެ. މިކަން ވެދާނެ ހެއްޔެވެ.“ މިހެން ބުނުމުން ނަރުސް ކުއްޖާ ބުންޏެވެ. ”އެމީހުންވަނީ ކާރު އެކްސީޑެންޓެއްގައި މަރުވެފައެވެ. މިހާރު ކުއްޖާއުޅެނީ މާމަޔާ އެކުގައެވެ. މާމަވެސްބަލިވެ، އެޑްމިޑް ކުރުމަށްފަހު ބަލާނެ އެހެން މީހަކު ނެތުމުން މާމަކައިރީ އިންނަނީވެސް އެކުއްޖާއެވެ. ރޭގަނޑު ހޭލާ އިންދެފަ ހެނދުނު ސްކޫލް އަށް ގޮސްފަ އަނެއްކާވެސް އަންނަ ގޮތަށް އައިސް އޭނަ އިންނާނީ މާމަ އަށް ހިދުމަތް ކުރާށެވެ.“ މިއަޑު އިވި ޓީޗަރަށް ވަރަށް އަސަރު ކުރިއެވެ. އެކުއްޖާ ކްލާހުގައި ނިދަނީ ކަންނެއްކަމުން ކަމަށް ”ޖަޖް“ ކުރެވުނީތީ ވަރަށް ދެރަވިއެވެ.
އަނެއް ދުވަހުވެސް ކުއްޖާއަށް އޮތީ ކްލާހުގައި ނިދިފައެވެ.ކުދިންނަށް މިތަން ފެނި ހީފަ މަލާމަތް ކުރަންފެށިއެވެ. ނަމަވެސް ޓީޗަރު އެވަގުތު ކުދިން ހުއްޓުވިއެވެ. އަދި ކުދިންނަށް އެކުއްޖާގެ ހާލުގެ ވާހަކަ މަޑުމަޑުން ކިޔާދިނެވެ. އެއަށްފަހު ނިދާފައި އޮތް ކުއްޖާގެ ގައިމަތީގަ ފޮތިގަނޑެއް އަޅާލާފަ ބޭއްވީއެވެ.
އިރުގަނޑެއްފަހުން ކުއްޖާއަށް ހޭލެވުނު އިރު އޭނަގެ މޭޒު މަތީގައި ފައިސާތަކެއް ހުއްޓާފެނި ހައިރާން ވެގެން އޭނާ ވަށާ ބަލާލިއިރު ހުރިހާ ކުދިންތިބީ ހިނިއައިސްފައެވެ. ޓީޗަރާ ސުވާލު ކުރުމުން އެނގުނީ ހުރިހާކުދިން ގުޅިގެން ފައިސާއެއްކޮށްފައިވާކަމެވެ.މާމަ ޔަށް އެހީ ވުމަށެވެ.
އެދުވަހުގެ ފަހުން އެކިކުދިންގެ މައިންބަފައިގެ އެހީއާއެކު ކުއްޖާއަށް ހަމަ ނިދިލިބޭގޮތްވެ، ސްކޫލް އަށް އައިސް އިނދެ ނިދުން ހުއްޓިއްޖެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް