ސެޕްޓެމްބަރުމަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ކެނެޑާއިންވެސް ބުނެފި

Loading

Facebook
Twitter
WhatsApp

ކެނެޑާއިންވެސް ފަލަސްތީންގެ ދައުލަތް ބަލައިގަންނަ ކަން ސެޕްޓެމްބަރުމަހު އިއުލާނު ކުރަން ގަސްތު ކުރާކަމަށް ބޮޑުވަޒީރު މާކް ކާނޭ ވިދާޅުވެއްޖެއެވެ. ކެނެޑާ އަކީ މިގޮތަށް ނިންމިކަން ދެހަފްތާއެއްހާ ދުވަހުގެތެރޭ އިއުލާން ކުރި ޖީ ސެވަންގެ ތިންވަނަ ގައުމެވެ.

ނަމަވެސް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ކެނެޑާއިން މިކަން ކުރުން ބިނާވާނީ ފަލަސްތީނިއަން އޮތޯރިޓީން ގެންނަ އިސްލާހީ ރިފޯމް ތަކެއްގެ މައްޗަށް ކަމުގައެވެ. މިގޮތުން ހަމާސް ޖަމާއަތް ނުހިމެނޭ ގޮތަން އަންނަ އަހަރު އިންތިޚާބް ބޭއްވުމަށް އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލާ އަދި ދަތިކަމެއްނެތި ކާބޯތަކެތީގެ އެހީ ފޯރުކޮށް ދިނުމަށް މަގުފަހި ކޮށްނުދޭނަމަ ސެޕްޓެމްބަރުމަހު އޮންނަ އދގެ އާންމު މަޖިލީހުގައި ފަލަސްތީގެ ދައުލަތް ގަބޫލު ކުރާކަން އިއުލާން ކުރާނެ ކަން އިގިރޭސި ވިލާތުންވެސް އަންގާރަ ދުވަހު ބުނެފައި ވެއެވެ. އަދި އޭގެ އެއްހަފްތާ ކުރިން ފްރާންސުންވެސް ވަނީ މިގޮތަށް އަމަލު ކުރާނެ ކަން އިއުލާން ކޮށްފައެވެ.

ކެނެޑާއިން ގަސްތު ކުރާގޮތް އިއުލާން ކުރުމާއި އެކު އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެގޮތަށް ކެނެޑާއިން އަމަލުކުރުމަކީ ހަމާސްޖަމާއަތަށް ދެވޭ ރިވޯޑް ނުވަތަ އިނާމެއް ކަމުގައެވެ.

އދގެ 193 މެމްބަރު ގައުމުގެތެރޭން 147 ގައުމުން ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް