ޤާނޫނީ އިލްމް ކިޔަވާދޭ ކްލާހަކަށް ޕްރޮފެސަރު އެއްދުވަހަކު ހަމަ ވެދެފައެކީ ފުރަތަމަ ބަރީގަ އިން އަންހެން ސްޓޫޑަންޓަކާ ދިމާލަށް ބަލަހައްޓައިގެން ހުރެފަ ސުވާލުކުރިއެވެ. ”ފުރަތަމަ ބަރިން ދެވަނަ ޑެސްކްގަ، ނޫކުލައިގެ ޖެކެޓެއް ލައިގެން ތިޔަ އިން ޒުވާނާ އަށް ކިޔަނީ ކޮން ނަމެއްހެއްޔެވެ؟ މިހެން ބުނުމުން އޭނަ ވަރަށް ހައިރާން ވެފަ،އޭނާގެ ނަމަކީ އެލެކްސިސް ކަމަށް ޖަވާބު ދިނެވެ.
އެވަގުތު ޕްރޮފެސަރު ބުންޏެވެ. ”އަހަރެންގެ ކްލާހުން ހަމަ މިހާރު އެލެކްސިސް ނިކުންނާށެވެ.އަދި އަހަރެންގެ އެއްވެސް ކްލާހަކުން މީގެ ފަހުން އެލެކްސިސް ފެނިގެން ނުވާނެއެވެ.“
ޕްރޮފެސަރ މިހެން ބުނުމުން އެލެކްސިސް އަދި ނުނިކުމެ ހުރެ،ވަރަށް ހައިރާންވެފަ ބުންޏެވެ. ”އެއީ ކީއްވެގެންތޯއެވެ. ތިޔަފަދަ އަމުރެއް އަންނަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ.“ މިހެން ބުނުމުން ޕްރެފެސަރ އަނެއްކާވެސް ބުންޏެވެ. ”އެލެކްސިސް ކްލާހުން ބޭރަށް ދިއުމަށް އަހަރެން ދެވަނަ ފަހަރަކު ނުބުނާނަމެވެ.“
މިހެން ބުނުމުން އޭނާ ގެންގުޅޭ އެތިކޮޅު ހިފައިގެން މަޑުމަޑުން ކްލާހުން ނިކުމެގެން ހިގައްޖެއެވެ.އެވަގުތު އެހެން ކުދިން އެކަކު އަނެކަކާދިމާލަށް ބަލާލުމަށް ފަހު މަޑުން ތިއްބެވެ.
އެވަގުތު ޕްރޮފެސަރ ކްލާހާ ކުރިމަތިލާ، އެހާދިސާއާ ނުވެސްގުޅޭ ސުވާލެއް ކުރިއެވެ.
”ގާނޫނު ތައް ހެދިފަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ގާނޫނު ތަކުގެ ބޭނުމަކީ ކޮބާހެއްޔެވެ؟އެއްވެސް ކުއްޖަކަށް މީގެ ޖަވާބު ދެވޭނެ ހެއްޔެވެ.؟“
ގާނޫނުތައް ހެދިފަ ހުންނަނީ ސޯޝަލް އޯޑަރ ނުވަތަ އިޖްތިމާއީ ހަމަޖެހުން ޔަގީން ކުރުމަށް ކަމަށް އެއްކުއްޖަކު ޖަވާބު ދިންއިރު، ފަރުދީ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް އަނެއްކުއްޖަކު ޖަވާބު ދިނެވެ. އަދި ތިންވަނަ ކުއްޖަކު ސަރުކާރާމެދު އިތުބާރު އުފެއްދުމަށް ކަމަށް ބުނިއިރު، އިންސާފު ހޯދާ ދިނުމަށް ކަމަށް އިތުރު ކުއްޖަކު ޖަވާބު ދިނެވެ.
މިޖަވާބާއެކު ޕްރޮފެސަރު ބުންޏެވެ. ”ޝުކުރިއްޔާ އެވެ. އަޅެބުނެބަލާށެވެ. އަހަރެން ދެންމެ ކަލޭމެންގެ އެކުވެރިޔާ އާ މެދު ކަންތައް މިކުރީ ބޭއިންސާފުން ހެއްޔެވެ؟ ހުރިހާ ކުދިންވެސް އާނއެކޭ ކަމަށް ޖަވާބު ދިނުމުން ޕްރޮފެސަރ ބުންޏެވެ. ”އެހެން ކަމަށް ވާއިރު ތިޔައިގެ ތެރެއިން އެއްވެސް ކުއްޖަކު އެކަމާ ދެކޮޅު ނުހެދީ ކީއްވެގެން ހެއްޔެވެ. އަހަރެން އަމަލު ކުރިގޮތް ގޯސްކަމަށް ބުނެ އަހަރެން ހުއްޓުވަން އެކަކުވެސް މަސައްކަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ބޭއިންސާފުން ކުރިކަމެއް ހުއްޓުވަން މަސައްކަތް ނުކުރީ ކީއްވެގެންހެއްޔެވެ؟“
ޕްރޮފެސަރު ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ. ”ކަލޭމެން އެކަކުވެސް އެކަމާ ދެކޮޅަށް އެއްޗެއް ނުބުނީ އެއީ ބޭރަށް ލީ ކަލޭމެން ކަމަށް ނުވީތީއެވެ. އެގޮތަށް ހެދުމަކީ ތިމާ އާ ދެކޮޅަށް ކުރިކަމެއް ނޫންވީމައެވެ.
އޭނަ ބޭރަށް ލުމަކީ ކަލޭމެންނާ ބެހޭ ކަމެއް ނޫންކަމަށް ގަބޫލު ކުރާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އަހަރެން މިތާ މިހުރީ ކަލޭމެން ކައިރީ އެންމެ ވާހަކައެއްބުނާށެވެ. އިންސާފު ހޯދާ ދިނުމަށް ކަލޭމެން އެންމެންވެސް މަސައްކަތް ނުކުރާނަމަ ދާދި އަވަހަށް ތިމާއަށް ވެސް އެފަދަ ބޭއިންސާފާ ކުރިމަތިލާން ޖެހުން އޮންނާނީ ދާދި ގާތުގައެވެ.އަދި އެދުވަހަކުން ތިމާއަށް އެހީވާން ތެދުވާނެ މީހަކު ނުހުންނާނެއެވެ.“
”ތެދުހާމަ ކުރުމާއި އިންސާފް ގާއިމް ކުރުން ވާންޖެހޭނީ އަހަރުމެންގެ ފުރާނަ، ނުވަތަ ދިރިތިބުމާ ސީދާ ގުޅިފައިވާ ކަމަކަށެވެ.އަދި އެކަމަށްޓަކައި އަހަރުމެން އެންމެންވެސް ”ހަނގުރާމަ“ ކުރަން ޖެހޭނެއެވެ.އެހެނީ އާންމު ދިރިއުޅުމުގައާއި އަދި ވަޒީފާގެ މާހައުލުގައިވެސް އަހަރުމެން ތިބެންމިޖެހެނީ އެކަކު އަނެކަކާ ވަރަށް ގާތުގައި ކަމަށް ވާތީއެވެ.އެކަކު އަނެކަކާ އެކުގަ ކަމަށް ނުވެދާނެއެވެ.ނަމަވެސް ހަމަގައިމުވެސް ތިބެންޖެހެނީ އެކަކު އަނެކަކާ ވަރަށް ގާތުގައެވެ.“
”އެހެން މީހުންގެ މައްސަލަ ތަކަކީ އަހަރުންނާބެހޭ ކަންކަމެއް ނޫންކަމަށް ބުނެ ވަރަށް ގިނަފަހަރު އަހަރުމެން ހިތްހަމަ ޖައްސާލަމުއެވެ. އަދި އަހަރުންނަށް ކަމެއް ނުވީތީ އުފަލުން އެދުވަހަކު ގެޔަށް ދަމުއެވެ.ނަމަވެސް އަހަރުމެން ވާންޖެހޭނީ އެކަކު އަނެކަކަށްޓަކާ ތެދުވާނެ މީހަކަށެވެ. ތިމާއަށްޓަކާ ތެދުވާނެ މީހުން ތިބޭނީ އޭރުންނެވެ.“
”ވިޔާފާރީގައި، ކުޅިވަރުގައި އަދި ނޫނީ ދަތުރު ކުރާވެހިކަލް ތެރޭގައި ނަމަވެސް އަހަރުމެން ކުރިމަތީ ބަޔަކަށް ބޭއިންސާފު ވެވޭ ތަން ކޮންމެ ދުވަހަކުވެސް އަހަރުމެންނަށް އެބަފެނެއެވެ. އެފަދަ ފަރާތްތަކަށް އެހީތެރި ވުމުގެ ގޮތުން ތެދުވުމަކީ އަހަރުމެންގެ އިޖްތިމާއީ ވާޖިބެކެވެ. އެފަދަ މީހުންގެ އަޑު ނީއްވޭ ހާލަތް ތަކުގައި އެމީހުންގެ ހައްގުގައި އަޑު އުފުލުމަކީ ތިމާގެވެސް ޒިންމާއެއް ކަމުގައި ހަދާށެވެ. އަހަރެން މިތާ މިހުރީ ކަލޭމެން ކޮންމެ ކުއްޖެއްގެވެސް އަޑުގައި ހުރިބާރު، އަޑުއުފުލުމުން ވާނެގޮތް ކަލޭމެންނަށް ދަސްކޮށް ދިނުމަށެވެ. ކޮންމެ ކަމަކާމެދުވެސް ”ކްރިޓިކަލް“ ނުވަތަ ކުށް ހޯދުމުގެ ނަޒަރަކުން އަބަދުވެސް ވިސްނާށެވެ.އަދި ބޭއިންސާފު ވެވޭ މީހާ އާއެކު އޭނާގެ ހައްގު ހޯދާދިނުމަށް އަޑުއުފުލުމަކީ ދެންތިބި އެހެން މީހުން ނުކުރާ ކަމަކަށް ވީނަމަވެސް އެކަންކުރާށެވެ. ގާނޫނު ތަކުން އެބާރު ކަލޭމެންނަށް ލިބެއެވެ. އެކަން އަބަދުވެސް ހަނދާން ކުރާށެވެ.
މި ފިލާވަޅުން ތިޔަ ދަސްވި އެއްޗެއް ހަމަ އެކަނި ލެކްޗަރުތަކަކުން ދަހެއް ނުވާނެއެވެ. އަހަރެން މިގޮތަށް ކަންތައް މިކުރީ އެހެން ވެގެންނެވެ.“