ޣައްޒާގެ ކުޑަކުދިންނަށްދޭ ކިރާއި ކާނާ ހުސްވެފައިވުމުން ގިނަ އަދަދެއްގެ ކުދިން މަރުވުމުގެ ބިރު އެބައޮތް

Loading

Facebook
Twitter
WhatsApp

ޣައްޒާގެ ކުޑަކުދިންނަށްދޭ ކިރާއި ކާނާގެ ބާވަތްތައް ހުސްވެފައި ވުމުގެ ސަބަބުން އެއްލައްކަޔަށް ވުރެ ގިނަ ކުޑަކުދިން، 40ހާސް އެންމެ ތުއްތުކުދިން ހިމެނޭ ގޮތުން ދާދި އަވަހަށް ބަނޑަށް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގައްޒާގެ މީޑިޔާ އޮފީހުން ހޮނިހިރު ދުވަހު ބުނެފިއެވެ.

މީޑިޔާ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުގެ ޣައްޒާގެ ހާލަތު ސިފަ ކުރެވެނީ ”ސްލޯ މޯޝަން“ ގައި ހިންގަމުންގެންދާ ގަތުލު އާންމެއްގެ ގޮތުގައެވެ. އަދި ހުރިހާ ބޯޑަރ ކްރޮސިންގތައް ބަންދުކޮށް، އިޒްރޭލުން މިފަދަ ހާލަތެއް ގެނުވާ، އެންމެ ތުއްތު އަބާދީ ނައްތާލުމަށް ގަސްތުގައި މަސައްކަތް ކުރަމުން ދާކަމަށް ބުނެ އެކަން ކުށްވެރި ކޮށްފައި ވެއެވެ.

ކުދިންނަށް ދޭނެ ކާނާ އަދި ކިރު ނުލިބުމުގެ ސަބަބުން އެކުދިން ނަށް ހުސްފެން ދޭން މަންމައިންނަށް މަޖްބޫރު ވެފައިވާއިރު، ”މެލްނިއުޓްރިޝަން“ ނުވަތަ ކާޑުބަލީ ގެ ސަބަބުން ބަލިވަމުންދާކުދިން ތަކުގެ ސަބަބުން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް ފުރެމުންދާ ކަމަސް މީޑިޔާ އޮފީހުން ބުނެފައި ވެއެވެ.

ޣައްޒާގައި ފާއިތުވި ދެމަހެއްހާދުވަހުގެތެރޭ ބަޑަށް ޖެހިގެން މިހާތަނަށް 122 މީހުން މަރުވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެފައި ވެއެވެ. މީގެތެރޭގައި 83 ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގައި ވަރަށް ބޮޑަށް ކާބޯތަކެއްޗަށް ޖެހިފައިވާއިރު ސިއްހީ ހިދުމަތުގެ ކަންތައްވެސް ވަނީ ހުއްޓުމަކާގާތަށް ގޮސްފައި ކަމަށް ޚަބަރުތައް ބުނެއެވެ.

އިންސާނިއްޔަތަށްޓަކާނެރޭ ޝޮކުގެ އިންޒާރެއްކަމަށް ބުނެ މީޑިޔާއޮފީހުން މުޅިދުނިޔެއަށް ކަންތައްތަކަށް ގޮވާލާފައިވެއެވެ.އެގޮތުން ވީހާވެސް އަވަހަކަށް ބޭބީ ފޯމިއުލާ ނުވަތަ ތުއްތު ކުދިންނަށް ދޭނެ ކިރު އަދި ސަޕްލިމަންޓްތައް ފޮނުވާދިނުމަށާ،ބޯޑަރު ހުރަސްކުރާތަންތަން ހުޅުވުމަށާ އަދި އިޒްރޭލުން ގަދަބާރުން ޣައްޒާ ހިޞޯރު ކޮށްގެން އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައި ވެއެވެ. އަދި ކުޑަކުދިން މެރުމަށް ގަސްތުގައި ހިންގާ މިކެމްޕެއިން ހުއްޓުވާދިނުމަށް ދުނިޔެއަށް ގޮވާލާފައި ވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން 7 އޮކްޓޯބަރ 2023 ގައި ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ރަހުމުކުޑަ ލާއިންސާނީ ހަމަލާތައް ދޭން ފެށިފަހުން 50،700 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަނގުރާމައިގެ ޖަރިމާތަކާ އިންސާނީ ހައްގުތަކާޚިލާފް އަމަލުތައް ހިންގާފައިވާތީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރުމަހު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރުވެސް ނެރެފައެވެ.އަދި އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށްވެސް ވަނީ މައްސަލަތައް ވައްދާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް