4000 ފުލެޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކުރަން ފަށާނެ

Loading

July 20, 2025
profile
Facebook
Twitter
WhatsApp

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 4،000 ފުލެޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކުރަން ފަށާނެކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

އެފްޑީސީން ހޮނިހިރު ދުވަހުގެ ރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ސޮއިކުރުން ކުރިއަށްދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އަދި މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އަންގައި އިޢުލާންކުރާނެ ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރާނީ އެ ކަމަށް ކަނޑައަޅާ ދުވަސްތަކުގެ ހެނދުނު 9ން ހަވީރު 4ށް ކަމަށާއި، އަދި ސޮއިކުރަން ދާންޖެހޭ ދުވަހާއި ގަޑި، ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް ބެލޭނެކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

ސޮއިކުރުމަށް ހާޒިރުވާއިރު އަންނަނިވި ތަކެތި ގެންދަންޖެހޭނެކަމަށް އެފްޑީސީން ބުނެފައިވެއެވެ.

1- ފްލެޓު ކުއްޔަށް ހިފާ މީހާގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއެއް

2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ކޮޕީއެއް

3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީއެއް

4- ޒިންމާއަދާކުރާ މީހާ ސޮއިކޮށްފައިވާ ފޯމުގެ އަސްލު

5- ކަމާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ނިންމާފައިވަނީ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް