އަނެކާޔަށް އޯގާތެރިވުމުގެ މުހިންމުކަން

Loading

Facebook
Twitter
WhatsApp

އެ ސްކޫލަށް ކުދިން ދާން ޖެހެނީ މެންދުރުގެ ކެއުންވެސް ހިފައިގެންނެވެ. ކުދިންގެ ގެއާއި ސްކޫލް ދުރުކަމުންނެވެ. ލަންޗް ބްރޭކަށް ގެޔަށް ފޮނުވުމުގެ ބަދަލުގައި ސްކޫލްގައި ތިބެ ކެއުމަށް އިންސާފުކުރާ ގޮތަށެވެ.


ހުރިހާ ކުދިންވެސް ގެއިން މީރު ކެއުމެއް ހިފައިގެން އަންނަ އިރު އެއްކުއްޖަކު ވަރަށް ގިނަ ކާއެއްޗެތި ގެންނަކަން ފާހަގަ ކުރެވެއެވެ.އެކުއްޖަކީ ޑެނިއަލް އެވެ.ޑެނިއަލް ކޮންމެ ދުވަހަކުވެސް ސޭންވިޗާ އެކިފާޑުފާޑުގެ ލުއިކާނާ އަދި އެކިކަހަލަ ޖޫސްތައް ސްކޫލް އަށް ގެނެއެވެ. ނަމަވެސް ޑެނިއަލް ގެންނަ އެއްޗެއް ދުވަހަކުވެސް އެހެން ކުއްޖަކަށް ނުދެއެވެ. ތަނެއްގައި އިށީނދެ އިނދެ ހުރިހާ އެއްޗެތި އެކަނި ކައި ހުސްކޮށްލައެވެ.
ޑެނިއަލް އާ މާދުރުނޫން މޭޒެއްގެ ކައިރީގައި ލިއަމް ކިޔާ ކުއްޖަކު އިނދެއެވެ. ލިއަމް އަންނަނީ ކާއެއްޗެއް ނުލާކަމުން އޭނާ ނުކައި މަޑުމަޑުން އިނދެއެވެ. ބަނޑުހައިވެފައިވާ ހާލުގައެވެ. ނަމަވެސް ކުއްޖަކު ކައިރީ އެއްޗެއް ދޭކަށް ނުބުނެއެވެ. އަދި ޝަކުވާއެއްވެސް ނުކުރެއެވެ. ނުކަނީ ކީއްވެތޯ ކުއްޖަކު ސުވާލު ކޮށްލިނަމަވެސް ”އައި އޭމް އޯކޭ“ ކަމަށް ބުނެއެވެ.އަދި މާދަމާ ލަންޗް ގެނެވޭނެ ހެން ހީވާ ކަމަށް ބުނެއެވެ.
ލިއަމް ދައްކާ ވާހަކަ އިވޭހާ ކައިރީގައި ކޮންމެ ދުވަހަކުވެސް ޑެނިއަލް އިނދެއެވެ. ނަމަވެސް އެއްދުވަހުވެސް އެއްޗެއް ދިއްކޮށެއް ނުލައެވެ. އޭނަހިތަށް އަރާ ކަމަށް ވެއެވެ. ލިއަމް ނުކައި އިންނަކަން އެއީ އަހަރެންނާ ބެހޭ ކަމެއް ނޫނެވެ.
މިގޮތުގައި ދުވަސްތައް ކުރިޔަށް ދަނިކޮށް އެއްދުވަހަކު ކަންތައްތައް ބަދަލު ވެއްޖެއެވެ. ޑެނިއަލް ގެ ބައްޕަގެ ވަޒީފާ ގެއްލިއްޖެ އެވެ. އެހާހަމައިން ޑެނިއަލް ސްކޫލަށް ގެންދާނެ ކެއުންތަކެއް ނުލިބުނެވެ. ގެންދަން ޖެހުނީ ހުސް ލަންޗް ބޮކްސްއެވެ. އިންނަން ޖެހުނީ ބަނޑުހައިވެފައިވާ ހާލުގައެވެ.
މެންދުރުގެ ކެއުމަށް ކުދިން ދޫކޮށްލުމުން ޑެނިއަލްވެސް އިންނަން ޖެހުނީ ހިމޭނުން އިސްޖަހާލައިގެންނެވެ. ބަނޑުހައިވެފައިވާ ހާލުގައި ލަދުވެސް ގަނެފައެވެ. އެހެން އިންދާ ކުއްޖަކުއައިސް އޭނާޔަށް ސޭންޑްވިޗެއް ދިއްކޮށްލިއެވެ. އިސް އުފުލާ ބަލާލިއިރު އެއީ ލިއަމް އެވެ. މާގިނަ އެއްޗެއް ނެތް ކަމަށާ ނަމަވެސް މީތި ކާލުމަށް ލިއަމް އެދުނެވެ.
ޑެނިއަލް،ލިއަމް އާ ދިމާލަށް ބަލާލިއިރު އޭނާޔަށް ވަނީ ރޮވިފައެވެ. އޭނާ މިހާތަނަށް ލިއަމްއާ ދިމާލަށް ބަލާވެސް ނުލިއިރު މިއަދު ލިއަމް އައިސް އެހުރީ އޭނާއަށް ލިބުނު ދެ ސޭންވިޗުން އެކަތި ހިފައިގެން ޑެނިއަލް އަށް ދޭށެވެ. އެހެން މީހުން ކާތަނެއްގައި ބަނޑުހައިވެގެން އިންނަން ޖެހުމުން ކުރަން ޖެހޭ ހިތްދަތި އިހުސާސް އޭނާޔަށް އެދުވަހު ރަގަޅަށް ކުރެވުނެވެ. އެޔަށް ވުރެބޮޑަށް މީހުންނަށް އޯގާތެރި ވުމުގެ މުހިންމުކަން އޭނާޔަށް އެދުވަހު ރަނގަޅަށް ދަސްވިއެވެ.
ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވެމުން ދިޔަނަމަވެސް ތެދުވެ އޭނާ ލިއަމް ގައިގައި ބައްދާލުމަށް ފަހު ލިއަމްގެ ކިބައިން މާފަށް އެދުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް