ދުނިޔޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު ފިނިކުރާ ނިޒާމް ހަރަމްފުޅުގައި ބަހައްޓައިފި

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ ކަންތައްތަކުގެ ތެރޭން، ދުނިޔޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު ފިނިކުރާ ނިޒާމް ސައޫދީ ސަރުކާރުން ހަރަމްފުޅުގައި ބަހައްޓައިފިއެވެ.

ގްރޭންޑް މޮސްކް ނުވަތަ މަސްޖިދުލް ހަރާމް އަދި މަސްޖިދުލް ނަބަވީ ބެލެހެއްޓުމާއި ހަވާލުވެފައިވާ ޖެނެރަލް ޕްރެޒިޑެންސީ އިން ބެހެއްޓި ނިޒާމަކީ 155،000ޓަނުގެ ކެޕޭސިޓީގެ ނިޒާމެކެވެ.


މަސްޖިދުލް ހަރާމްގެ އެއާކޮންޑިޝަނިންގ ނިޒާމް ހިންގާނީ މައި ދެ ސްޓޭޝަނަކުންނެވެ.އެއީ 120،000ޓަނުގެ ކެޕޭސިޓީގައި ހިންގާ އަލް ޝާމިޔާ ސްޓޭޝަން އަދި 35،000ޓަނުގެ ކެޕޭސިޓީ ގައި ހިންގާ އަޖްޔާދް ސްޓޭޝަން އެވެ.


މި ދެސްޓޭޝަނުން މުޅި މަސްޖިދުލް ހަރާމް،އިތުރު ކުރި ބައިތަކާއެކު، 22ޑިގްރީ އާއި 24 ޑިގްރީ އާދެމެދުގެ މިންވަރަކަށް ފިނިކޮށްދޭނެއެވެ. އަދި މިނިޒާމުގެ ތެރޭން ދައުރުވާ ވައި ދޫކުރެވޭނީ ޖައްވުގެ ތެރޭގައި ހުންނަ ނުސާފު މާއްދާތަކުގެ 95 އިންސައްތަ ސާފު ކުރުމަށް ފަހު ކަމަށް ވެއެވެ. މިހެން ވުމުގެ ސަބަބުން ހައްޖުވެރިނަށްޓަކައި ސާފު ވެއްޓެއް ވަނީ ޔަގީން ކުރެވިފައެވެ.ޚާއްސަކޮން މިދުވަސްވަރަކީ ހޫނު މޫސުމުގެ އެންމެ ހޫނު ދުވަސްތައް ކަމަށް ވުމާއިއެކު މިފަދަ ނިޒާމަކަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް