އޮޕަރޭޝަނަށް ގެންދެވުނު 300އެއްހާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ސާޖަންއެއް 20 އަހަރު ޖަލަށް

Loading

Facebook
Twitter
WhatsApp

ސާޖަންއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރަމުން އައި ފަރަންސޭސި ޑޮކްޓަރަކު،ހޭނައްތާފައިވާ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ކުށްސާބިތުވެ، 20 އަހަރު ގެ ޖަލު ހުކުމެއް އިއްވައިފިއެވެ.


”ޖޮއެލް ލެ ސްކްއާނެކް“ ކިޔާ ސާޖަން ކޯޓުގައި އެއްބަސްވެފައިވާ ގޮތުގައި 1989ން2014 އާދެމެދު އޭނަކައިރިޔަށް ސާޖަރީއަށް ގެންދެވުނު މީހުންނާއި ކުދިންގެ ތެރެއިން 299 ވިކްޓިމް އޭނާވަނީ ”ސެކްޝުއަލީ އެބިއުސް“ ކޮށްފައެވެ. ނުވަތަ ޖިންސީ ގޯނާ ކޮށްފައެވެ.
ޝަރީއަތުގެ މަޖިލީހުގައި އިންނެވި ފަޑިޔާރު ފާހަގަ ކޮށްފައިވާ ގޮތުގައި ލެ ސްކްއާނެކް ގެ ޝިކާރަ އަށް ވެފައިވަނީ ނުފޫޒެއް ނެތްކަމަށް ބެލެވޭ،އަދި ސެޑޭޓްކޮށް ނުވަތަ ނިންދަވާފައިވާ ޕޭޝަންޓުންނެވެ.
މިފަހަރުގެ ހުކުމް އައި އިރުވެސް ލެ ސްކްއާނެކް އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.އެއީވެސް ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކޮށްގެންނެވެ. މިހާރުވެސް ހަތް އަހަރު ޖަލުގައި އޭނާ ހޭދަ ކޮށްފައިވާއިރު 2030 ވަނަ އަހަރު އޭނާ އަށް ޕެރޯލްގެ ދަށުން މިނިވަން ވުމަށް އެދެވޭނެއެވެ.
އެހާގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިމީހަކަށް، ޚާއްސަކޮށް ހޭނައްތާފަ ވަނިކޮށް އެފަދަ ކަމެއް ކުރި މީހަކަށް މިހާ ކުޑަ އަދަބެއް ދިނީތީ ފަރަންސޭސި ގިނަ ރައްޔިތުން އައީކޯޓުގެ ބޭރުގައި އިހުތިޖާޖް ކުރަމުންނެވެ. އަދި ގާނޫނަށް ބަދަލުގެނެސް އެފަދަ މުޖްރިމުންނަށް ހަރުކަށިއަދަބު ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ލެ ސްކްއާނެކް މިހާރު އަދާކުރަމުން ގެންދަނީ ބޮޑުބޭބެކިޔާ ދެކުދިންނާއެކު ހަތަރު ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްގެން 2020 ވަނަ އަހަރު އިއްވި 15 އަހަރުގެ ޖަލުހުކުމެކެވެ.
މިފަދަ މީހުންނަށް މިނިވަންކޮން އުޅެ، އަދި ތަކުރާރުކޮށް އެފަދަ އަމަލުތައް ހިންގުމަށް ފުރުސަތު ލިބެނީ ނިޒާމު އެކަމަށް ފުރުސަތު ދޭތީ ކަމަށް އިހުތިޖާޖް ކުރި ފަރާތްތަކުން ބުނެފައި ވެއެވެ. އަދި ލެ ސްކްއާނެކް ފަދަ މީހުންނަށް ޑަކްޓރުކަން ކުރެވެނީވެސް މެޑިކަލް އިދާރާ ތައް ބަލިކަށިކަމުން ކަމަށް ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް