ފުރާނަ ސަލާމަތް ކޮށްދިން މީހާއާ ބައްދަލު ކުރަން ދިހަ ހާސް މޭލުގެ ދަތުރެއް ކޮށްފި

Loading

Facebook
Twitter
WhatsApp

މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ބްލަޑް ކެންސަރ އެއްޖެހުނު މީހަކު،އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން މީހާއާ ބައްދަލު ކުރުމަށް ދިހަ ހާސް މޭލުގެ ދަތުރެއް ކޮށްފިއެވެ.


އޮސްޓްރޭލިޔާގެ މެލްބަން އަށް އުފަން، އުމުރުން 31 އަހަރުގެ ލޫކް މެލިންގ ބުނި ގޮތުގައި ބްލަޑް ކެންސަރ ޖެހި، ފަރުވާ ކުރެވޭނެ ހަމަ އެކަނި ގޮތަކަށް އޮތީ ސްޓެމް ސެލް ޓްރާންސްޕްލާންޓް އަކުންނެވެ. މިކަމުގައި މެޗްވާ މީހަކާ ދިމާނުވެ ވަރަށް ބޮޑަށް އުންމީދު ގެއްލިފައިވަނިކޮށް، ދުނިޔޭގެ އަނެއްފަރާތުގައިވާ އިގިރޭސިވިލާތުގެ މީހަކަށް ޑޮނޭޓް ކުރެވިދާނެ ކަން އެނގުމުން އޭނާ ވަރަށް ބޮޑަށް އުފާވިއެވެ.
މިދިޔަ ހުކުރު ދުވަހު ދެމީހުން ވަނީ ބައްދަލު ވެފައެވެ.އަދި ސްޓެމްސެލް ހަދިޔާ ކުރުމުގެ މުހިންމުކަން ހާމަ ކުރުމަށް ދެމީހުންގެ ވާހަކަ ވަނީ ކިޔާދީފައެވެ.
މީގެ 3 އަހަރުކުރިން އޭރު އުމުރުން 28 ގެ ލޫކް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އޭގެ 16 އަހަރު ކުރިން ފެށިގެން އޭނާޔަށް ވަނީ ބަލި ޖެހިފައެވެ. ފަރުވާޔާއެކު ހަތަރު ފަހަރު އިތުރަށް ގޯސްވުން ހުއްޓުވާލެވުނެވެ. ނަމަވެސް ހަތަރުފަހަރުވެސް ވަނީ ބަލި އަބުރާ އައިސްފައެވެ.
މިހާހަމައިން ފަރުވާގެ އޮތް ހަމައެކަނި ގޮތަކީ ސްޓެމް ސެލް ގެ ފަރުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި މެޗްވާ މީހަކު ފެނޭތޯ މުޅި އޮސްޓްރޭލިޔާ އިންވެސް މީހަކު ނުފެނުނު ކަމަށް އޭނާ ބުނެފައި ވެއެވެ.
އެހެން ގައުމުތަކުންވެސް ޑޯނަރަކު ލިބޭތޯ ހޯދަމުން ދިޔައެވެ. ސްޓެމް ސެލް ޑޯނަރ ރެގިސްޓްރީ މެދުވެރިކޮށް، ކުރެވެމުން ދިޔަ މަސައްކަތުންނެވެ. އަދި ހަމަސްދުވަހުގެ އިންތިޒާރަކަށްފަހު އުންމީދެއް ލިބިއްޖެ ކަމަށް ޑޮކްޓްރުން ބުނެފައިވެއެވެ. އިގިރޭސި ވިލާތުގެ ޑޯނަރަކާ މެޗްވެދާނެކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ސްޓެމްސެލް ހަދިޔާ ކުރީ އިގިރޭސި ރައްޔިތެއްކަމަށްވާ، އޭރު އުމުރުން 48 އަހަރުގެ އެލެސްޓެއާ އެވެ. 2008 ވަނަ އަހަރުން ފެށިގެން ގަވާއިދުން ލޭހަދިޔާ ކުރަމުން އަންނަ އެލެސްޓެއާ ކައިރީގައި ސްޓެމްސެލް ޑޮނޭޓް ކޮށްފާނުތޯ އެހުމުން އެއްވެސް ފަސްޖެހުމެއްނެތި އެއްބަސްވިއެވެ. އަދި ދެމީހުންގެ ސްޓެމްސެލް ދިމާވި ވަރުން ދެމީހުންނަކީ ތިމާގެ ދެމީހުންނަށްވެސް ވެދާނެ ކަމަށް ބެލުނު ކަމަށް ވެއެވެ.
ސްޓެމްސެލް ނެގުމުގެ ކުރިން އެލެސްޓްއާ ގެ ގަޔަށް ސްޓެމް ސެލް ޖެނެރޭޓް ކުރާ ނުވަތަ އުފައްދާ ފަދަ ވަރުގަދަ ޑްރަގެއް އިންޖެކްޓް ކުރިއެވެ. އިންޖެކްޝަން ޖެހިތާ ދެތިންދުވަސްފަހުން އޭނާ އޮތީ ގުޑިވެސް ނުލެވިފައިކަމަށް ވެއެވެ.ނަމަވެސް އެއީ ރަގަޅު އަލާމާތެއް ކަމަށާ އެއިން ދައްކާދެނީ ވަރަށް ބޮޑަށް ސްޓެމްސެލް އުފައްދަމުން ދާކަން ކަމުގައި ޑޮކްޓަރުން ބުނެފައި ވެއެވެ.
އެއަށްފަހު ސްޓެމްސެލް ނެގުމަށް އޭނާ ހޮސްޕިޓަލް އަށް ދިޔައެވެ.މިއީ ލޭނެގުމާވެސް އެއްފަދަ ޕްރޯސެސްއެއްކަމަށް ވެއެވެ. ސްޓެމްސެލް ނަގަމުން ދިޔައިރު އޭނާއިނީ ލުއިކާނާއަށް އިންސާފު ކުރަމުން ޓީވީ ބަލަން ކަމަށް ވެއެވެ. ލޫކް އަށް ބޭނުންވާ އަދަދު ކަމަށްވާ 85 މިލިއަން ސެލް ހަމަކޮށް، ޚާއްސަ ޕެކިންގ ގައި ގަނޑުކޮށް، ވަގުތުން އޮސްޓްރޭލިޔާއަށް ފޮނުވުނެވެ.
ލޫކް އަށް ސްޓެމްސެލް ހަދިޔާކުރީ ކާކު ކަމެއް އޭނާއަކަށް ނޭގެއެވެ. ހަމައެކަނި އެގޭ އެއްޗަކީ އުމުރުން 48 އަހަރުގެ އިގިރޭސި ރައްޔިތެއް ކަމެވެ. ފަރުވާ ކާމިޔާބް ވިކަން އެގެނީ ދެއަހަރުން ކަމަށް ވެއެވެ.އެހެން ކަމުން ދެއަހަރު ނުވަނީސް އޭނާއާ ސީދާ ނުގުޅުމަށް ލޫކް އަށް އޮތީ އަންގާފައެވެ.
އަނެއްކޮޅުން އެލެސްޓެއަރ އަކަށްވެސް ލޫކް މަރުވިކަން ނުވަތަ ދުނިޔޭގަ ކުރިމަކެއް ނޭގެއެވެ.ނަމަވެސް އޭނާ ލޫކް ދިރިހުންނާނެކަމަށް އުންމީދުކޮށް ދުއާކުރިކަމަށް ބުނެފައި ވެއެވެ.
އޭނާ ބުނި ގޮތުގައި ބައްދަލުވުމަކަށް ގޮވާލާ ސްޓެމްސެލް ރެޖިސްޓްރީ މެދުވެރިކޮށް އީމެއިލްއެއްލިބުނުން އޭނާ ވަރަށް އުފާވިއެވެ.އަދި ހުރިހާ ”ކްރިސްމަސް“ އެއްފަހަރާ އައިފަދަ އިހުސާސްއެއް ކުރެވުނު ކަމަށް ބުނެފައި ވެއެވެ.
ދެމީހުން ގުޅުވާ ވާހަކަ ދެއްކުމަށްފަހު އިގިރޭސިވިލާތުގެ ޕްރެސްޓަންގައި ބައްދަލުކުރަން ނިންމިއެވެ.އަދި މި ބައްދަލުވުމަށްޓަކާ ލޫކް ޕްރެސްޓަން އަށް ދާން ހަމަޖެއްސިއެވެ.
ބައްދަލު ވުމަށްފަހު ދެމީހުން ދެމީހުންނަށް ތައުރީފް ކުރަމުން ގޮސް އެލެސްޓެއާ ބުނިކަމަށް ވެއެވެ.“މިކަމުން އަހަރެންނަށް ހާސިލް ކުރެވުނީ ތިބާގެ މޫނުން ތިޔަފެންނަ ބޮޑު ”ސްމައިލް“ އެކަނި ކަމުގައި ވީނަމަވެސް އަހަރެންނަށް ފުދެއެވެ“
ކާމިޔާބު ސްޓެމްސެލް ޓްރާންސްޕަލާންޓް ފަރުވާ އަށް ފަހު ލޫކް މިހާރު ހުރި ވަރަށް އުފަލުންނެވެ.އޭނާ މިހާރުވަނީ ފުރިހަމަ ސިއްހަތަށް އާދެވި މެރަތަން އެއްވެސް ދުވެފައެވެ. އަދި ފާއިތުވި 16 އަހަރުގެ ވޭނާ ކެކުޅުމުގެ މަތިން ހަނދާން ނައްތާލަން އޭނާވަނީ ބޭނުން ވެފައެވެ. އަދި އެލަސްޓެއާ އާ ބައްދަލް ވުމުން އޭނާހުރީ ވަރަށް އުފަލުންނެވެ. ގައިން އެއްބައި ދީގެން ފުރާނަ ސަލާމްތަ ކޮށްދިން މީހާ އާ ބައްދަލް ވުމުން ހުރީ ބުނާނެއެއްޗެއްވެސް ނޭނގި ބަސް ހުއްޓިފައި ކަމަށާ، ފްލައިޓަކަށް އަރައިގެން ދުނިޔޭގެ އަނެއް ފަރާތަށް ދަތުރު ކުރެވުނީވެސް އޭނާގެ ސަބަބުން ކަމަށް ލޫކް ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް