44އަހަރު ކުރިން ކިޑްނެޕްކޮށް ގައުމުން ބޭރަށް ގެންދެވުނު ދަރިފުޅު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ދެކުނު ކޮރެޔާގެ އަންހެނެއް ކަމަށްވާ ހަން ޓެއި ސޫން އަށް އޭނާގެ، އުމުރުން 6 އަހަރުގެ އަންހެން ދަރިފުޅު ކިއުންގ ހާ އެންމެ ފަހުން ފެނުނީ 1975 ވަނަ އަހަރުގެ މޭމަހުގެ ދުވަހެއްގައެވެ. އޭނާ ބުނި ގޮތުގައި އެދުވަހު މާރުކޭޓަށް ދަމުން ދަރިފުޅުގާތު ދާނަންތޯ އެހުމުން އޭނާ ބުނީ ރަހުމަތްތެރިންނާ އެކު ކުޅެން ހުންނާނީ ކަމަށެވެ. އަދި އެދުވަހު މާރުކޭޓުން އައިއިރު ދަރިފުޅު ވަނީ ކިޑްނެޕް ކޮށްފައި ކަމަށް ހަން ޓެއި ސޫން ބުނެފައި ވެއެވެ.


އޭގެ ފަހުން މިވީ ސާޅީސް އެތައް އަހަރެއް ވެއަތުވެގެން ދިޔައީ ހަން ޓެއި ސޫން އަށް އޭނާގެ ދަރިފުޅާ ބައްދަލް ނުވެއެވެ.ނަމަވެސް ކުރެވުނު އެތައް މަސައްކަތެއްގެ ނަތީޖާ އެއްގެ ގޮތުން މިހާރު އެދެމައިން ވަނީ އަލުން ބައްދަލް ވެފައެވެ.އޭރު ދަރިފުޅު ކިއުންގ ހާ ހުރީ މެދުއުމުރުގެ އެމެރިކާ ރައްޔިތެއްގެ ގޮތުގައެވެ.އޭނާގެ ނަމަކަށ ްވެސް މިހާރު ކިޔާފައިވަނީ ލޯރީ ބެންޑާ އެވެ.
ފަހުން ހާމަވެފައިވާ ގޮތުގައި ކިއުންގ ހާ ކިޑްނެޕް ކުރީ އަންހެނެކެވެ. އޭނާއައިސް އެއީ މަންމަގެ ގާތްމީހެއް ކަމަށް ބުނެ އޭނާ އާއެކު ތަނަކަށް ދިއުމަށް އެދުނެވެ. މިއަންހެންމީހާ ކުއްޖާ ގޮވައިގެން ރޭލަކަށް އަރައިގެން އެތައްހިސާބަކަށް ގޮސްފަ ކުއްޖާ އެކަނި ރޭލަށް ދޫކޮށްލާފަ ދިޔައީ ކަމަށް ވެއެވެ. އެތަނުން ފެނިގެން ފުލުހުން ކުއްޖާ ގެންދިޔައީ ފަގީރުކުދިން ބަލަހައްޓާ ތަނަކަށެވެ. އަދި އެއަށްފަހު އެމެރިކާގެ ދެމަފިރިއަކަށް ވިއްކާލީ ކަމަށް ގަބޫލު ކުރެވެއެވެ.
މަންމަ ހަން ޓެއި ސޫން މިހާރުވަނީ އޭނާގެ ދަރިފުޅަށް ހެދިގޮތަށް ކުދިން ވަގަށްނަގާ ބޭރުގައުމުތަކުގެ މީހުން އެޑޮޕްޓް ކުރުމަށް ގެންދިއުން ހުއްޓުވާފަދަ ގާނޫނު ތަކާއި ގަވާއިދުތައް ސަރުކާރުން ހަދާފަ ނެތުމުން ދެކުނު ކޮރެޔާ ސަރުކާރާ ދެކޮޅަށް ދައުވާވެސް އުފުލާފައެވެ.
ދެކުނު ކޮރެޔާގައި ވަރަށް ފުޅާދާއިރާއެއްގައި ހިންގާ ”އޯވަސީސް އެޑޮޕްޝަން ޕްރޮގްރާމެއް“ އޮވެއެވެ. މި ޕްރޮގްރާމްގެ ތެރޭން ކުދިން ވަގަށް ނަގައިގެން ވިއްކައިގެން ގިނަބަޔަކު ނާޖާއިޒް ފައިދާނަގާ ކަމަށް ވަނީ ބެލިފައެވެ.މި ކަމުގައި ގެއްލުން ލިބުނު އެތައް ސަތޭކަ ބަޔަކު މިހާރުވަނީ ބަދަލު ހޯދުމުގެ ގާނޫނީ މަސައްކަތް ފަށާފައެވެ.
ދެކުނު ކޮރެޔާގެ އޯވަރސީސް އެޑޮޕްޝަން ޕްރޮގްރާމް 1950ގެ އަހަރުތަކުގައި ފެށިފައިވާއިރު،އެހެން އެއްވެސް ގައުމަކަށް ވުރެގިނައިން އެގައުމުން ކުދިން ވަގަށް ބޭރަށް ގެންގޮސްފައިވާކަމަށް ވެއެވެ. މިގޮތުން މިހާތަނަށް 170،000އާއި 200،000އާ ދެމެދުގެ އަދަދަކަށް އެޑޮޕްޝަން އަށްޓަކާ އެގައުމުން ކުދިން ވަގަށް ބޭރު ކޮށްފައި ވާކަމަށް ވެއެވެ. މީގެ ތެރެއިން ގިނަ ކުދިން ގެންގޮސްފައިވަނީ ހުޅަގުގެ ގައުމުތަކަށެވެ.
މިމައްސަލައާބެހޭގޮތުން މާރޗް މަހު ހެދުނު ޚާއްސަ އިންކުއަރީ އަކުން ހާމަވެފައިވާ ގޮތުގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މައްސަލަޔަށް ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަން ދީފައެއް ނުވެއެވެ.މިކަމުގެ ސަބަބުން ބައެއް ޕްރައިޓް އޭޖެންސީ ތަކުން އިންޑަސްޓްރިއަލް ފެންވަރުގަ އެފަހަރާ ގިނައަދަދެއްގެ ކުދިން ”އެކްސްޕޯޓް“ ވެސް ކޮށްފައިވާ ކަން ވަނީ ހާމަވެފައެވެ.
މާހިރުން ބުނާ ގޮތުގައި އިންކުއަރީން ހާމަވި ކަންތައްތަކާއި ގުޅިގެން އިތުރު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބެލެވެއެވެ.
ހަން ޓެއި ސޫން އަށް ވަނީ މިއަންން މަހު ކޯޓަށް ދާން ކިޔާފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން ބުނެފައިވަނީ މިކަމުގައި ހިމެނޭ އާއިލާތަކަށް ލިބުނު ”އިމޯޝަނަލް“ ކެކުޅުން ތަކަށް ވަރަށް ބޮޑަށް ހަމްދަރުދީ ވާކަމުގައެވެ.އަދި ހަން ޓެއި ސޫން ގެ ކޭސްގައި މައްސަލައިގެ ނަތީޖާ ނިކުންނަ ގޮތަށްބަލާ އަޅަންޖެހުނު ފިޔަވަޅެއް ސަރުކާރުން އަޅާނެކަމަށް ބުނެފައި ވެއެވެ.
އުމުރުން މިހާރު 71 އަހަރުގެ ހަން ޓެއި ސޫން ބުނީ މިކަމުގައި ސަރުކާރުން ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ.އޭނާބުނީ ހަށިގަނޑާ ސިކުނޑި ހަލާކުވާވަރަށް ދަރިފުޅު ހޯދަން 44 އަހަރު ވަންދެން މަސައްކަތް ކުރިއިރު އެންމެ ފަރާތަކުންވެސް އޭނާގާތު މައާފަށް އެދިފައި ނުވާ ކަމުގައެވެ. އޭނާ ބުނީ އޭނާއާއި އޭނާގެ ފިރިމީހާ ދަރިފުޅު ހޯދުމަށްޓަކާ ޕޮލިސް ސްޓޭޝަން ތަކަށާ އޯފަނޭޖްތަކަށް ހިނގުމުގަ އެތައް އަހަރެން ހޭދަކުރިކަމަށާ މިގޮތަށް ހިނގާ ހިނގާ އޭނާގެ ފައިގެ ދިހަ އިނގިލީގެ ނިޔަފަތިގަނޑުވެސް ވެއްޓުނު ކަމުގައެވެ.
ފްލަޔާސް ބަހާ،ޓީވީ ޝޯތަކަށް އަރާ އަދި އެކި އެކި ގްރޫޕްތަކާ ގުޅިގެން ކުރި މަސައްކަތުން ފުރަތަމަ އުންމީދެއް ލިބުނީ 2019 ވަނަ އަހަރުއެވެ.އެއީ ޑީއެންއޭ ދިމާކޮށްގެން ގެއްލިފައިވާ މައިންބަފައިން ހޯދުމަށް އެހީވާ ޕްރޮގްރާމް އެއްގެ ތެރެއިންނެވެ. އެމެރިކާގަ އުޅޭ ލޯރީ ބެންޑާ ކިޔާ ނަރުހެއްގެ ޑީއެންއޭއާ ހަން ޓެއި ސޫން ގެ ޑީއެއންއޭ ދިމާވާކަން ހާމަވުމުން އެހާހަމައިން ދެމީހުން ބައްދަލް ވުމަށް ރޭވިއެވެ.
ފޯނުން އެތައްފަހަރަކު ވާހަކަ ދެއްކުމަށްފަހު ޓެއި ސޫން، ސޯލް އަށް ދަތުރު ކޮށް މަންމަ އާ ބައްދަލް ވުމުން މަންމަ ފުރަތަމަވެސް ބުނީ ”އައި އޭމް ސޮރީ“ ކަމަށް ވެއެވެ.އަދި ދަރުފުޅުގެ އިސްތަށިގަނޑުތެރޭން އިނގިލިތައް ހިންގާލަމުން ބުނިކަމަށްވެއެވެ.“އަހަރެން 30 އަހަރުވަންދެން ހެއާ ޑްރެސާ އެއްގެ ގޮތުގައި މަސައްކަތް ކޮށްފީމެވެ.އަހަރެން ދަރިފުޅުގެ އިސްތަށިގަނޑު އަހަރެންނަށް އެނގޭނެއެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް