ކަންތައް އެނބުރިގެން ދާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ.

Loading

Facebook
Twitter
WhatsApp

ޒުވާން ދެމަފިރިންގެ ތެރެއިން އަންހެންމީހާ ވަރަށް ބޮޑަށް ބަލިވިއެވެ. އެހެން ކަމުން އޭނާއަށް ފަރުވާ ކުރުމަށް އޭނާގެ ފިރިމީހާ ޔޫރަޕްގެ ގައުމަކަށް ގެންދިޔައެވެ. އޭނާއަކީ އަތްމަތި ތަނަވަސް މީހަކަސްވާތީއެވެ. ބަލީގެ ފަރުވާއަށް ގިނަދުވަސް ނަގާނެކަމަށް ޑަކްޓަރުބުނުމުން އޭނަ ނިންމީ އަންހެނުން އެގައުމުގައި ބެހެއްޓުމަށްފަހު އެނބުރި ގައުމަށް އަންނާށެވެ.އޭނާގެ މަސައްކަތް ދޫކޮށްލާފަ އެހާ ގިނަ ދުވަހު ނުހުރެވޭނެތީއެވެ.


ފަރުވާ ނިމިގެން އެންގުމުން ފިރިހެންމީހާ އަންހެނުން ޖެނީ ހުރިގައުމަށް ދިޔައެވެ. ޑޮކްޓަރު އޭނައާ ބައްދަލް ކުރުމަށްފަހު ބުންޏެވެ.“އަންހެނުންގެ ނަސީބު ވަރަށް ރަގަޅެވެ. ސާޖަރީވެސް ފަރުވާވެސް ވަރަށް ކާމިޔާބެވެ. ނަމަވެސް ދެރަ އެއްކަމެއް އެބައޮތެވެ. އަންހެނުންގެ ހުރިހާ އިސްތަށިވަނީ ފައިބައިގެން ގޮސްފައެވެ.“ މިހެންބުނެ އަންހެންމީހާ އެވަގުތު އަޅައިގެން އިން ވިގު ނަގާ ދައްކާލުމުން ފިރިހެންމީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ފޫހިކަމާ ނަފްރަތުގެ އަސަރު މޫނުމަތިން ފެނިގެން ދިޔައެވެ.
ޑޮކްޓަރު އެވަގުތު ބުންޏެވެ. ކުރިންވެސް އަހަރެން ބުނިފަދައިން އޮޕަރޭޝަން ވަރަށް ކާމިޔާބެވެ.އެކަމަކު އިސްގަށިގަނޑު ފޭބީއެވެ.
އަންހެންމީހާ ވަރަށް ދެރަވެފައި އިނދެ ބުންޏެވެ. ”މިހެން ދިމާވީމަ އަހަރެންވެސް ވަރަށް ހިތާމަ ކުރަމެވެ. އަހަރެން މިހެން ހުރިނަމަވެސް އަހަރެން ދެކެ ލޯބިވާނަންދޯއެވެ.“ މިހެން ބުނުމުން ފިރިހެން މީހާ ރުޅިއައިސްފައި ބުންޏެވެ.އަހަރެން ބޭނުމީ ކައިރީގަ ހުންނައިރު އެހެންމީހުންވެސް އަޅައިގަންފަދަ،ޖެލަސްވާފަދަ ރީތި އަންބެކެވެ. ބޮލުގަ އިސްތައްޓެއް ނެތް މީހަކު އަހަރެން ބޭނުމެއް ނޫނެވެ.އަހަރެން ބޭނުމީ ކަލޭ ވަރި ކުރާށެވެ.“ އަންހެންމީހާ އާދޭސް ކުރަންފެށިއެވެ. ކޮންމެ ހާލެއްގައިވެސް އަހަރެންދެކެ ލޯބިވާނެކަމަށް ބުނީމު ނޫން ހެއްޔެވެ.އަދިވެސް ލޯބި ވާނަން ދޯއެވެ“.މިހެންބުނެ ރޯން ފެށިއެވެ. ފިރިހެން މީހާ ބުންޏެވެ. ”އަހަރެން އޭރު ބުނި އެއްޗެއް އަނބުރާ ގެނައީއެވެ.އަހަރެން ހޯދަން މަސައްކަތް ނުކުރައްޗެވެ.“ މިހެން ބުނުމަށްފަހު ފުރަގަސްދީފަ ބާރަށް ނިކުމެގެން ހިނގައްޖެއެވެ. އެވަގުތު ޖެނީ ބާރަށް ރޯން ފެށުމުން ޑޮކްޓަރު އައިސް އޭނާ ހުއްޓުވާލެވޭތޯ ބެލިއެވެ.
އޭގެ އެއްއަހަރުފަހުން ބަލިން އެއްކޮން ރަނގަޅުވެ، ޖެނީ ޑޮކްޓަރަކަށް ވުމަށް ކިޔަވަން ފެށިއެވެ. އޭނާ ޚާއްސަ ވީ ބޮލުގަ އިސްތަށި ނުފަޅާ މީހުންގެ ބޮލުން އިސްތަށިފެޅުވޭނެ ގޮތްތަކާބެހޭ ގޮތުންނެވެ. ކިޔަވާ ނިމުމަށްފަހު އޭނާވަނީ ވަރަށް ކާމިޔާބު ”ޑާމެޓޮލެޖިސްޓް“ އަކަށް ވެފައެވެ.އަދި އޭރު އޭނާގެ އިސްތަށިގަނޑުވެސް ވަނީ ރީތިކޮން ފަޅާ ދިގުވެފައެވެ.
ޖެނީ އާއި އޭނާގެ ފިރިމީހާ ވަނީ އޭރު ޚާއްސަ ކްލިނިކެއް ހުޅުވާފައެވެ. އަދި ދުނިޔޭގެ އެތަން މިތަނުން އެމީހުންގެ ޚިދުމަތް ހޯދުމަށް އެތަނަށް މީހުން އާދެއެވެ.
އެއްދުވަހަކު ބައްދަލް ކޮށްލަން މީހަކުއައިސް ހުރިކަމަށް އޭނާ ގާތުގައި ބުނެވުނެވެ. ބޮލުން އިސްތަށިފައިބާފަހުރި މީހަކު އައިސް ޖެނީއާ ދިމާލަށް ބަލަހައްޓައިއިގެން ހުރުމަށްފަހު ބުންޏެވެ.ހާދަ ދަންނަ މީހެއްހެން ހީވެއެވެ. އެވަގުތު ޖެނީ ބުންޏެވެ.އާނ މީ ކަލޭގެ ކުރީގެ އަނބިމީހާއެވެ. ކަލޭ މީގެ ދިހަ އަހަރުކުރިން ވަނީ ވަރިކޮށް އެއްލާލާފައެވެ.
އެވަގުތު ފިރިހެންމީހާ ދެރަވެ ކުޑަކަކޫމައްޗަށް ތިރިވިއެވެ.އަދި އޭނާއަށް މައާފުކޮށް އެކުގައި އުޅެން ދިއުމަށް އެދުނެވެ. ނަމަވެސް އަންހެންމީހާ ބުންޏެވެ.ކަލޭ އަހަރެން ވަރިކުރީ ބޮލުގައި އިސްތަށިނެތުމުންނެވެ. މިއަދު ކަލޭ ތިޔަވަނީ ބޮލުގެ އިސްތަށިކޮޅު ގޮސްފައެވެ. އެހެން ނޫނަސް މިއަދު އަހަރެންނަކީ އެހެންމީހެއްގެ ހައްގެކެވެ.އަހަރެން ވަނީ އެހެން މީހަކާ ކައިވެނިކޮށްފައެވެ.
އެވަގުތު ޖެނީގެ ފިރިމީހާ އެތަނަށް ނުކުތެވެ.އެއީ ޖެނީއަށް ފުރަތަމަ ފަރުވާދީ އޭނާގެ ސާޖަރީ ހެދި ޑޮކްޓަރެވެ. އޭނާ ނިކުމެ ބުންޏެވެ.ޖެނީ ހުންނާނީ އަހަރެންނާ އެކުއެވެ. ޖެނީ ދެން އެވެސް ތާކަށް ނުދާނެއެވެ.މިހެން ބުނެ އޭނާގެ ގައިގައި މަޑުމަޑުން ބައްދާލިއެވެ. ފިރިހެންމީހާ ވަރަށް ދެރަވެ ހުރެ އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އަދި މަޑުމަޑުން ބުނެލިއެވެ. ކަންތައް އެނބުރިގެން ދާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް