ސަލްމާން ރަސްގެފާނުގެ އަމިއްލައެހީގައި ފަލަސްތީނުގެ އެއްހާސް މީހަކަށް ހައްޖު ދަތުރު ހަމަޖައްސާދެއްވާނެކަން ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

ސަލްމާން ރަސްގެފާނުގެ އަމިއްލަފުޅު ޚަރަދުގައި މިއަހަރު ފަލަސްތީނުގެ އެއްހާސް މީހަކަށް ހައްޖު ދަތުރު ހަމަޖައްސާދޭނެ ކަން ހާމަކޮށްފިއެވެ. މިގޮތުން ހޮވޭ މީހުންނަކީ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އާއިލާ ތަކުން ހޮވޭ މީހުންނާއި، ހަނގުރާމައިގައި އަނިޔާތައް ލިބިފައިވާ މީހުން އަދި ޖަލަށްލެވި މިނިވަންވެފައިވާ މީހުންކަމަށް ވާނެ ކަމުގައި ސައޫދީ ސަރުކާރުން ހާމަކޮށްފައި ވެއެވެ.


ސައޫދީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ވަނީ މިކަން ހަމަޖައްސަވާދެއްވިކަމަށްޓަކައި ސަލްމާން ރަސްގެފާނަށާ ޕްރައިމިނިސްޓަރ މުހައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާކުރައްވާފައެވެ.އޭނާ ވިދާޅުވީ މިކަމުން ހާމަވަނީ ސައޫދީ ލީޑަރޝިޕް ގެ ފަރާތުން ފަލަސްތީންގެ ރައްޔިތުންނާމެދު ބަހައްޓަވާ އުޚުވަތްތެރިކަމާއި ގާތަކަން ކަމުގައެވެ. މިޚާއްސަ އެހީގެ ދަށުން ފަލަސްތީންގެ ހައްޖުވެރިންގެ ދަތުރުގައި މަޑުކުރާނެ ހުރިހާ މަޒިލެއްގެ ހުރިހާ ކަމެއް ހަމަޖައްސާދެވޭކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ސައޫދީ ރަސްގެފާނުގެ ޚާއްސަ އެހީގެ ދަށުން ހައްޖަށް މީހުން ގެންގޮސްދިނުން ހިޖްރީކަލަންޑަރުން 1417 ވަނަ އަހަރު ފެށިފަހުން މިހާތަނަށް އެކިގައުމުތަކުން 64ހާސްމީހުންގެ ހައްޖު ދަތުރު ހަމަޖައްސާދީފައި ވެއެވެ.މިޕްރޮގްރާމް އަކީ އިސްލާމީދުނިޔޭގެ ހިތުގެ ގޮތުގައި ސިފަކުރެވޭ ސައޫދީ އަރަބިއްޔާއިން މުސްލިމުންނަށް ޚިދުމަތްކޮށްދިނުމަށް ކުރެވޭ މަސައްކަތް ހާމަވާ ކަމެއްކަމުގައި ސައޫދީ އިސްލާމިކް އެފެއާޒް މިނިސްޓަރ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް