ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް ހައްޖުވެރިން ހޭލުންތެރި ކުރަން ޚާއްސަ ކިޓެއް!

Loading

Facebook
Twitter
WhatsApp

1446ވަނަ އަހަރު ހައްޖުވުމަށްދާ ހައްޖާޖީން ނަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކާބެހޭގޮތުން ހޭލުން ތެރިކަން އިތުރުކުރުމަށް އަމާޒުކޮށް ޚާއްސަ ”އެވެއާނަސް ކިޓެއް“ ސައޫދީ ސިއްހީ ވުޒާރާއިން ތައާރަފް ކޮށްފިއެވެ.


މިކަމަކީ ހެލްތު ސެކްޓަރަށް ގެނެވިފައިވާ އިސްލާހީ ބަދަލުތަކަކާއިއެކު އާންމު ސިއްހަތާބެހޭ ގޮތުން ކުރިންނޭގޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި ކަމެއް ދިމާވުމުގެ ކުރިން އެފަދަ ކަންކަން ވިޔަ ނުދިނުމަށް އެޅިދާނެފިޔަވަޅުތައް އަންގާދީ ބުނެދިނުމަށް ތައާރަފްކުރި ކިޓެކެވެ.
”ހައްޖު އެވެއާނަސް ކިޓް“ ގައި މައިގަޑު 8 ބަހަކުން ގައިޑްލައިންތައް ވެއެވެ.އޭގެ ތެރޭގައި އަރަބި ބަސް،އިގިރޭސި ،ފްރެންޗް،އުރުދޫ،ޕާޝިއަން،އިންޑޮނީޝިޔާ ބަސް،މެލޭޝިޔާ ބަސް އަދި ތުރުކީގެ ބަސް ހިމެނެއެވެ.
ކިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި ހޫނުގަދަ ވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ،އަދި ފެންމަދުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހިމެނެއެވެ.
ސައޫދީ ސަރުކާރުން ބުނެފައިވާ ގޮތުގައި މިފަދަ މައުލޫމާތު ފޯރުކޮށްދިނުމުން ރައްކާތެރިކަމާއެކު އަދި ފުރިހަމަ ސިއްހަތެއްގައި ތިބެ، ހައްޖުގެ ރުކުންތައް އަދާކުރުމަށް މަގުފަހިވެގެން ދާނެއެވެ.
”ހައްޖު އެވެއާނަސް ކިޓް“ ގައި ލިއުންތަކުގެ ސިފައިގައިވާ މައުލޫމާތާއި ވީޑިއޯތައް އަދި ސޯޝަލްމީޑިޔާ ޕޯސްތަކުގެ އިތުރުން ބޭނުން ވެއްޖެ ނަމަ ޕްރިންޓް ކުރެވޭނެ ފަދަ ލިއުންތައް ވެސް ހިމެނެއެވެ. އަދި ހައްޖުގެ އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާ ވީހާވެސް ގިނަބަޔަކު ކިޓު ޑައުންލޯޑްކޮށް އެމީހުންގެ ބެލުމުގެ ދަށުގައިތިބި ހައްޖުވެރިންނާ ހިއްސާ ކުރުމަށް ދަނީ އަންގަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް