ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނީ މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ނައްތާލެވިގެން

Loading

Facebook
Twitter
WhatsApp
ފޮޓޯ: ފުލުހުން/ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތިތަކެއް

ރާއްޖޭގައި މަސްވާތަކެތި ބޭނުންކުރާ ޒުވާނުންނަށް ފަރުވާދެވޭނެ މަރުކަޒުތައް އިތުރުކޮށް ފަރުވާ ބޭނުންވާ ހުރިހާ ޒުވާނުން ކިޔޫގައި ތިބެން ނުޖެހޭ މިންވަރަށް ފަރުވާދޭން ފެށުމުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓި އެެއަށް އޮތް ޑިމާންޑު ނެތިގެން ދާނެއެވެ.

މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން ގިނަވަނީ އެއަށް އޮތް ޑިމާންޑު ބޮޑުވީމައެވެ. ރާއްޖޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާ ހޯދަން ތިބިޒުވާނުންގެ ކިޔޫ ދިގުވަމުންދާ ވަރަކަށް މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ދާނީ ބޮޑުވަމުންކަން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެން ކަމުން ރާއްޖޭގެ ބޮޑުން ހިންގާ އެޖަރީމާތައް އިތުރުކޮށް ގިނަފައިސާ ހޯދޭނީ މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ބޮޑުވަމުންދާ މިންވަރެއްގެ މައްޗަށްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށްވެސް ސާފުވާނެއެވެ. ރައްޖެއަށް ބަޑިބޭސް އެތެެރެ ނުވަނީ މި ރާއްޖޭގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ އެންމެނަށް އެއްފަހަރާ ފަރުވާދެވޭ ގޮތް ހަދައިފިނަމަ ބޮޑުންނަށް މަސްތުވާތަކެތި ވިއްކައިގެން ބިލިއަނުން ލިބެމުން އެދާ ފައިސާގެ ދޮރުބަންދުވާނެއެވެ.


އެއްވެސް ވިޔާފާރިއެއް އެ ވިޔާފާރި އަށް އޮތް ޑިމާންޑު އިތުރުނުވެ ކުރިއަރައިގެން ނުދާނެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ މައްސަލައެކެވެ. އެތަކެތި އެތެރެކުރާ އެންމެން ހައްޔަރު ކުރިއަސް އެތަކެތި އެތެރެ ކުރާމީހުން ހުހެއްނުވާނެއެވެ. މަރާލެވެނީ ވަކި ކުޅަނދުރެވެ. ހަތާ އޮތީ އެހެންތާކުއެވެ. އަސްލު ގައިވެސް މަސްތުވާތަކެތި އެތެރެކުރަނީ ވަކިބަޔަކު އަޑީގައި ތިބެ އެހެންބަޔަކު މެދުވެރި ކޮށެވެ.
ސަރުކާރުން އެކަން ހުއްޓުވަން އުޅޭކަން ރައްޔިތުންނަށް ދެއްކުމަށްޓަކައެވެ. ރާއްޖޭގައި ފުލެޓް އަޅާހެން ރިހެބިލިޓޭޝަން ސެންޓަރުތައް ނެއެޅެންއޮތީ ކޮން ހުރަހެއްތޯއެވެ. ރާއްޖޭގެ ޒުވާން ޖަނަރޭޝަނެއް ފަނާވެ ނިމެންދެން ރައްޔިތުން ނިދާފައި ތިބެގެން ނުވާނެއެވެ. ތިމާގެ ދަރީންނާއި ޢާއިލާއަށްޓަކާ އަދި އިސްލާމީ އުންމަތުގެ ކަރާމާތައްޓަކައި ތިޔަ ޣާފިލް ނިދި ދޫކޮށް ހޭލާން ވެއްޖެ ނޫންތޯއެވެ. އަޅުގަނޑުމެންގެ ޅަދަރީން ލައްވާ މަސްތުވާތަކެތި ވިއްކައިގެން ސާދާގަރުންގެ މަގާމު އަތުލަމުންދާ ލުޓޭރުން ހުއްޓުވަން ނުކުމެ އަތާއަތް ގުޅާލަން ތިބީ ހަމަ އަަޅުގަނޑުމެނެވެ. އެހެންބަޔަކު މަޣުރިބު ކަރައިން ދެނެއް ނައަންނާނެއެވެ.މަސްތުވާތަކެތި އެތެރެކުރާ ބޯޓުވެސް ފައްތާލެވިދާނެއެވެ. އެހެނަސް އެތަކެތި އެތެރެކުރުން ބޯޓު ފައްތާލިޔަސް މަދެއްނުވާނެއެވެ. އެބޯޓުގެ ބަދަލުގައި އޭގެ ދިހަބޯޓު އުފައްދާނެއެވެ.

  

އެކަން ކުރާ މުއްލާ އަބަދުވެސް ހުންނާނީ ސަލާމަތުންނެވެ. މިއީ ނޭގޭވަރުގެ ކަމެއްނޫންތާއެވެ. ރާއްޖޭގެ މަތިފަޑީގައި މިކަން ކުރާ ބޮޑުންތިބޭނީ ފުލުހުންނަށްވެސް އަތްނުފޯރާގޮތަށެވެ. ދާނި ތެޅުނަސް ވަޅުނުތެޅޭނެތާއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަނީ ފައިސާހުރި ބާރާއި ނުފޫޒު ގަދަ ބޮޑުންނެެވެ. އެހެން ކަމުން ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ކުޑަވާނޭ އެއްވެސް ފިޔަވަޅެއް ކޮންމެ ސަރުކާރެއް އޮތަސް ނާޅާނެއެވެ. އެއީ ބޮޑުން މަހުޖަނުންނަށް ބަދަލުކުރާ ނިޒާމެވެ. އެނިޒާމް ފޫއަޅުވާލެވޭ ވަރުގެ ބާރުގަދަ މީހަކު މިގައުމުން ނުކުންނާނޭ ދުވަހަކަށް އިންތިޒާރު ކުރުން ނޫން ގޮތެއް އަދި ފެންނާކަށެއް ނެތެވެ.

Loading

One Response

  1. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އިސްލާމީ ޝަރިޔަތް ޤާއިމް ކުރެވިގެން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް