ފިރިހެނަކު މަސައްކަތުގައި ބޭރުގަ ބުރަކޮން އުޅެފަ ގެއަށް އައިއިރު އޭނާގެ އަންހެނުން އޭނާގެ ބައްޕަޔަށް އިހާނެތި ކަންތައްތަކެއް ކުރާތަން ފެނުނެވެ. އެގޮތުން އޭނާގެންދިޔައީ ބައްޕަ އަރަން ގެންގުޅުނު ބޫޓުތައް ނަގާ އެތަންމިތަނަށް އުކަމުންނެވެ. ފިރިހެންމީހާ ވަނުމުން އޭނާ ބުންޏެވެ. މިބޫޓުތަކުން ދުވަނީ ނުބައިވަހެވެ. އޭނަމިހާރު އެއްވެސް ވަރަކަށް ހިނގަނކީވެސް ނޫނެއް ނޫންހެއްޔެވެ. ބޫޓުތައް އުކާލަނީއެވެ.
މިމަންޒަރު ބަލަން ތަންކޮޅެއް ދުރުގައިވާ ގޮނޑިއެއްގައި ބަންޕަ މަޑުމަޑުން އިނެވެ. ފިރިހެންމީހާވެސް އެއްޗެކޭ ނުބުނެ ގޭތެރެ ސާފުކުރުމަށް އަންހެނުންނަށް އެހީތެރިވެދިނެވެ.
އަނެއް ދުވަހު ހެނދުނު ބައްޕަ ސައިތަށިބޯން އުޅުނު ވަގުތު ބައްޕަގެ އަތް ތުރުތުރު އަޅަންފެށިއެވެ.އަންހެންމީހާ މިތަން ބަލަން ހުރެފައި ބުންޏެވެ. އޭނަބަލަހައްޓަން މީހަކު ގެންނަން ވީނޫންހެއްޔެވެ. މިއީ އަހަރެންނަށް ބަލަން ހުންނަންވެސް ކުޅަދާނަ ވާވަރުގެ ކަމެއްނޫނެވެ.
އެހެން ކައިވެންނަކަށް އަންހެންމީހާއަށް ލިބިފަ ހުންނަ،ފުރާވަރަށް އަރާ އުމުރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ. އެކުއްޖާ އެވަގުތު މަޑުމަޑުން އޭނާގެ މަންމަ ކައިރީ ބުންޏެވެ.މަންމަ ތިބުނީ އޭނާ އެހެން ތަނަކަށް ފޮނުވާލާ ވާހަކަ ދޯއެވެ. ފިރިހެންމީހާ އެއްޗެއް ނުބުނެ ހުއްޓެވެ.
އެރޭ ބައްޕަ ކެއްސާ އަޑުއިވިގެން ފިރިހެންމީހާ ބައްޕަގެ ކޮޓަރިޔަށް ދިޔައެވެ.އަދި ބައްޕަގެ ނުތަނަވަސްކަން ފިލުވާލުމަށްޓަކާ ބައްޕަޔަށް ފޮތް ކިޔާދެންތޯ އެހިއެވެ. ބައްޕަ އޭނާއަށް ފޮތް ކިޔާދޭ ގޮތަށް ކަމަށް ބުނަމުންނެވެ. ބައްޕަ އެވަގުތު ހިނިތުން ވެލިއެވެ. އަދި ބުންޏެވެ.ދަރިފުޅު ހަނދާން އެބަހުރި ދޯއެވެ. މީގެ ޖަވާބުގައި އެކަހަލަ ކަންތައް ތަކަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ކަންތައްތަކެއް ނޫން ކަމުގައި ފިރިހެންމީހާ ބުންޏެވެ.
އަނެއްދުވަހު ހެނދުނު ފިރިހެންމީހާ ދެފޮއްޓަށް އެއްޗެތިއެޅިއެވެ.އަންހެންމީހާއަށް މިތަންފެނި ސުވާލުކުރިއެވެ. ތިއުޅެނީ ކޮންތަނަކަށް ދާންހެއްޔެވެ. ފިރިހެންމީހާ ޖަވާބު ދިނެވެ. އަހަރެން ބަލާބޮޑުކުރި މީހާ އަށް އަބަދު އިހާނެތިކޮން ހިތާތަން ބެލުމަކީ އަހަރެންނަށްވެސް ބަލަން ހުންނަންވެސް ކުޅަދާނަ ވާވަރުގެ ކަމެއްނޫނެވެ. އެވަގުތު އަންހެން މީހާ މަލާމާތުގެ ރާގެއްގައި ބުންޏެވެ. އެހެންވީމަ ތިޔައުޅެނީ އޭނަ މުސްކުޅިންބަލާތަނަކަށް ގެންދަން ހެއްޔެވެ. މީގެ ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ. މިގެއިން ދާންޖެހޭނީ ކަލެޔާ ކަލޭގެ ދަރިފުޅެވެ. ބައްޕަ ހުންނާނީ މިގޭގައެވެ. ކަލޭމެން އުޅޭނެ އެހެން ތަނެއް ހޯދާށެވެ.މިހެން ބުނެ ދެފޮށި އޭނާގެ އަތަށް ދިނެވެ.
އަދި ބައްޕައާ ދިމާލަށް އެނބުރުމަށް ފަހު ބުންޏެވެ. ދެންމިގޭގަ ސައިހަދާނީ ބައްޕަޔަށް ކަމުދާގޮތަށެވެ.