ސައޫދީއަރަބިއްޔާގައި ގެދޮރުނެތް އާއިލާތަކަށް ގެދޮރު ހޯދާދިނުމަށް މުހައްމަދު ބިން ސަލްމާން އެއްބިލިއަން ރިޔާލް ދެއްވައިފި

Loading

Facebook
Twitter
WhatsApp

ސައޫދީއަރަބިއްޔާ ގައި ގެދޮރުނެތް އާއިލާތަކަށް ގެދޮރު ދިނުމަށް އަމާޒުކޮށް ހިންގާ ނެޝަނަލް ޑިވެލޮޕްމަންޓް ހައުސިންގ ފައުންޑޭޝަން އަށް، ކްރައުން ޕްރިންސް އަދި ޕްރައިމް މިނިސްޓަރ މުހައްމަދުބިން ސަލްމާން އެއްބިލިއަން ރިޔާލް ހަދިޔާ ކުރައްވައިފިކަމަށް ޚަބަރުލިބެއެވެ.


އެއްބިލިއަން ސައޫދީ ރިޔާލް، ސަލްމާން ހަދިޔާ ކުރެއްވީ ސަލްމާންގެ އަމިއްލަ ފައިސާއިން ކަމަށް ވެއެވެ.
މުހައްމަދު ބިން ސަލްމާން އަމުރު ކުރައްވާފައިވާ ގޮތުން މިފައިސާ އިން ހިންގޭ ހައުސިންގް ޕްރޮޖެކްތްތައް އެއްއަހަރު ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ. އަދި ހައުސިން ޔުނިތްތައް ދޫކުރުމުގެ މަސައްކަތް ކުރާނީ އެގައުމުގެ ނެޝަނަލް ކުންފުނި ތަކުން ކަމަށްވެސް ސަލްމާން ނިންމަވާފައި ވެއެވެ.
މީގެ އިތުރުން މިޕްރޮޖެޓްގެ ދަށުން އެޅޭ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ރިޕޯޓެއް މަހަކު އެއްފަހަރު ފޮނުވުމަށްވެސް އެދިވަޑައިގެންފައި ވެއެވެ.
ވަލީ އަޙްދުގެ މިމަސައްކަތް ޕުޅަކީ އެގައުމުގެ ކޮންމެ ރައްޔިތަކީވެސް ޝަރަފްވެރިކަމާއެކު ދިރިއުޅެވޭ ފަރާތަކަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ފައްޓަވާ އިތުރު މަސައްކަތް ޕުޅެކެވެ.
ގެދޮރުގެ މަސައްލަތައް ހައްލުކުރެއްވުމާއިއެކު މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެހީތެރި ވެދެއްވުމަށް މުހައްމަދު ބިން ސަލްމާން ވަރަށް އިސްކަމެއް ދެއްވައެވެ.އިޖްތިމާއީ ހަމަޖެހުމާއި ތަރައްގީ އަންނާނީ މިކަންކަން ފުރިހަމަ ވުމުން ކަމަށް ވާތީއެވެ.

މައުލޫމާތު: ސައޫދީ ގެޒެޓު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް