ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ

Loading

April 28, 2025
profile
Facebook
Twitter
WhatsApp

ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ރޭ ދަންވަރު 2:40 ގައި ކަމަށާއި އެއިރު ކެޕްޓަން ބުނީ ދޯނި ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށެވެ. ”އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެ އެވެ،“ ފުލުހުން ބުނެފައި ވެއެވެ.

ފުލުުހުން ބުނީ އެ ދޯނީގައި ތިބީ 5 މީހުން ކަމަށާއި އެއީ 3 ދިވެހިންނާއި 2 ބިދޭސީން ކަމަށެވެ.

މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތުދީ ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް