އަންހެންކުއްޖާ ވެއްޓުނު މައްސަލައިގައި ތުހުމަތުވާ ރައުދު ހައްޔަރުކޮށްފި

Loading

April 24, 2025
profile
Facebook
Twitter
WhatsApp

މާލޭގެ ގެއެއް ފުރާޅު މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ 6:20 އެހާކަންހާއިރުއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފުރާޅުމައްޗައް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21އ ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

ހަމައެހެންމެ މައްސަލައިގައި މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގި ފިލާވެސް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް