ޕްރިމިއަރ ލީގް: ފަހަތުން އަރާ ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރު ކޮށްފި!

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޔުނައިޓެޑާއި ސައުތްއެމްޓޮން ބައްދަލުކުރި މެޗް، ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މިމެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއިންނެވެ.

މެޗްގެ ފުރަތަމަ ދެގޯލް ވެސް ކާމިޔާބުކޮށް ލީޑް ނެގީ ސައުތްއެމްޓޮން އިންނެވެ. ފުރަތަމަ ގޯލް މެޗްގެ 23 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޖ.ބެޑްނަރެކް އެވެ. އަދި އޭގެ 10 މިނިޓް ފަހުން 33 ވަނަ މިނިޓުގައި ވާޑް ޕްރޯސް ކާމިޔާބު ކޮށްދިން ގޯލާއި އެކު ހާފް ނިމުނީ 2-0 އަކުން ޔުނައިޓެޑް ފަހަތުގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނެވެ. ޔުނައިޓެޑަށް އުއްމީދު ގެނެސްދިނީ 59 ވަނަ މިނިޓުގައި ބްރޫނޯ ފަނާންޑޭޒް ކާމިޔާބު ކުރި ގޯލާއި އެކުއެވެ. އެއަށް ފަހު މެޗްގެ 74 ވަނަ މިނިޓުގައި އެޑިސަން ކަވާނީ ޔުނައިޓެޑަަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗްގެ 90 މިނިޓު ހަމަވެ އިތުރު ވަޤުތުގެ ތެރޭގައި ޔުނައިޓެޑް މޮޅުވި ގޯލްވެސް ކާމިޔާބު ކޮށްދިނީ އެޑިސަން ކަވާނީއެވެ.

މިމެޗަށް ފަހު ޔުނައިޓެޑް އޮތީ 16 ޕޮއިންޓާއި އެކު ޓޭބަލްގެ 8 ވަނައިގައެވެ. އަދި މެޗުން ބަލިވި ސައުތްހެމްޓޮން އޮތީ 17 ޕޮއިންޓާއިއެކު ޓޭބަލްގެ 5 ވަނައިގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް