އިމާރާތުން ވެއްޓުނު އަންހެންކުއްޖާއާއެކު އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފި

Loading

April 24, 2025
profile
Facebook
Twitter
WhatsApp

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާން އަންހެން ކުއްޖާއާއެކު އެރޭ އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މިދިޔަ ހުކުރުދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ ޔުމްނުއާއެެކު އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ 8 މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅުންހުރި 8 މީހުންނަކީ:

އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ

އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް

އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ

ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ

ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް

އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު

ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ

މީގެ އިތުރުން ފުލުހުން ބުނީ އެ 8 މީހުންނާ ގުޅުންހުރި ތަންތަން މިހާރު ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް