މިއަދު ހަވީރު މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނި މާލޭ މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީއެއް ހިންގި މައްސަލަ މިއަދު ހަވީރު 15:28 ހާއިރު ފުުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މަރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގިގު ކުރަމުން އަންނަ ކަމަށެވެ.