އެމެރިކާއާއި ޗައިނާގެ ވިޔަފާރި ހަނގުރާމަ ހޫނުވަމުންދާ މިވަގުތުގައި ރައީސް ޓްރަމްޕްގެ ޕްރެސް ސެކްރެޓްރީ 27 އަހަރުގެ ކެރޯލީން ލީވިޓް ޗައިނާގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ ރަތްކުލައިގެ ހެދުމެއް ލައިގެން ހުރުމުން ސޯޝަލް މީޑިއާތަކުގެ ރަތް ސުރުޚީއަށް ވެގެން ހިނގައްޖެއެވެ.
އެކަމަނާ ކަޅުކުލައިގެ ފަށެއް އަޅާފައިހުރި ރަތްކުލައިގެ އެ ހެދުން ލައްވައިގެން ހުންނެވި ފޮޓޯ އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރު ޒާންގް ޒިޝާނަށް ފެނިވަޑައިގަތުމުން ވެއިބޯގެ ސްކްރީންޝޮޓަކާއެކު އެކްސްގައި ޕޯސްޓް ކުރެއްވީ ކަމަށް ވެއެވެ. ވެއިބޯ ބޭނުންކުރާމީހުން ހަމަވަގުތުން އެއީ ޗައިނާގެ މަބޯ ފެކްޓްރީގެ އުފެއްދުމެއްކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އިންޑޮނޭޝިޔާގެ ޑެންޕާސަރ ގައި ހުންނަވާ ޗައިނާގެ ކޮންސަލް ޖެނެރަލް ޒާންގް ވިދާޅުވެފައިވަނީ ޗައިނާއަށް ފާޑުފާޑުގެ އިލްޒާމްތައް އަޅުވަމުން ގެންދާއިރުވެސް ޗައިނާގެ އުފެއްދުމަކާ ނުލައި ދިރިއުޅުން ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނުގެ ބަސްފުޅުންނަމަ “ އެކިއުޒިންގ ޗައިނާ އިޒް ބިޒްނަސް ބައިއިންގް ޗައިނާ އިޒް ލައިފް “ ކަމަށެވެ. ޕްރެސް ސެކްރެޓަރީ އަޅުއްވައިގެން ހުނެނެވި ހެދުމަކީ ޗައިނާގެ ވެއިބޯ ކުންފުނީގެ އުފެއްދުމެއްކަމަށް އެ ކުންފުނީގައި މަސައްކަތް ކުރާ މީހުންވެސް ގެންދަނީ ބުނަމުންނެވެ.
އެމެރިކާއަށް އެތެރެ ކުރާ ޗައިނާގެ އުފެއްދުންތަކުން %145 ޓެރިފް އިއުލާންކުރުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން ޗައިނާ އިން ވަނީ އެމެރިކާގެ އުފެއްދުންތަކުން %125 ޓެކްސް ނަގަން އިއުލާންކޮށްފައެވެ. ޕްރެސް ސެކްރެޓަރީއަށް ޗައިނާ އުފެއްދުމުގެ ހެދުންކޮޅު ރީތިވީ ފަދައިން އެމެރިކާގެ ފުދުންތެރި ގެތަކުގައި ޗައިނާގެ ތަފާތު އުފެއްދުންތަކުން ފުރިފައިވާ ކަމާއި އެ ގެތަކުގައި ދިރި އުލޭ އަންހެން ކަނބަލުންނަށް ޗައިނާގައި އުފައްދާ އަތްދަބަސް ނޫނީ ކަމުދާ ކަމަށްވެސް ނުވެއެވެ. ޕްރެސް ސެކްރެޓަރީ އިޚްތިޔާރު ކުރެއްވި ފަރުމާގެ ހެދުންތައް %20 ޑިސްކައުންޓާއެކު 403 އެމެރިކާ ޑޮލަރުގެ އަގަކަށް މިހާރުވެސް އީ-ކޮމާރސް ސައިޓް ފާރފެޗުން ގަންނަން ލިބެން އެބަހުރި ކަމަށް ބުނެފައިވެއެވެ.
ޓިކްޓޮކްގައި އެތައް ދުވަހަކު މިވާހަކަތައް އިޝްތިހާރު ކުރިފަހުން ފޯރޑްހަމް ޔުނިވަރސިޓީ ސްކޫލް އޮފް ލޯގެ ސުޒާން ސްކަފީޑީ ބުނެފައި ވަނީ ހަގީގަތުގައިވެސް ކެރޯލީން ލީވިޓްގެ ހެދުމަކީ ޗައިނާގައި ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. އެހެންނަމަވެސް މިވަގުތު އޭގެ ބޭނުން ކުރެވެމުން އެ ދަނީ ޕްރޮޕަގެންޑާއެއްގެ ގޮތުގައެވެ. މިސް ކެރޯލީން ލީވިޓަށް ޖެހިވަޑައިގަންނަ ވާނީ އުދަނގުލާ އެކުގައި ނަމަވެސް އެއީ އެމެރިކާގެ އުފެއްދުމެއްކަން މީޑިއާތަކަށް ސާބިތު ކޮށްދޭށެވެ. ސްކާފިޑީ އިތުރަށް ބުނެފައި ވަނީ އެމެރިކާގެ ފެޝަން ކުންފުނިތަކާއި ތަފާތު ފެޝަންތަކާއި ޑިޒައިންތަކަށް ތަރުހީބުދޭ އެމެރިކާގެ ރައްޔިތުންގެ ފައިދާއަށްޓަކައިވިޔަސް ޓެރިފް ކުޑަކޮށްދޭނެއެކޭ ބުނާކަށް ނޭގެއެވެ. އެކަމަކު ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓް ކުޑަކުރަމުން ގެންދާއިރު މުއައްޒިފުންގެ ހެދުންގަތުމަށް އެލަވެންސެއްވެސް ދެވިދާނެތާއެވެ.
ޕްރަޓް އިންސްޓިޓިއުޓް އޮފް ޑިޖިޓަލް ޓެކްނޯލޮޖީގެ ޕްރޮފެސަރ މިންހާ ފާމް ބުނެފައިވަނީ ކެރޮލީން ލީވިޓްގެ ހެދުމުގެ މައްސަލައިން އެނގިގެންދަނީ ދުނިޔޭގެ އިގްތިސާދު ބައްޓަން ކުރެވި އަދި ހިނގަމުންދާގޮތްވެސް އެމެރިކާ ސަރުކާރުގެ އިސް ވެރިންނަށް ނޭނގޭކަމެވެ. ޗައިނާއަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ މައި ފެކްޓްރީ ކަމުގައި ވެގެން މިދިޔައީ ފާއިތުވެގެން މިދާ ސަތޭކަ ވަރަކަށް އަހަރު އެމެރިކާ ސަރުކާރުގެ އިސް ވެރިންނަށް ދުނިޔޭގެ އިގްތިސާދުގައި ވާނުވާ ނޭގުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނުވަތަ ތިމާގެ ބާރު އިހްސާސްކުރެވުނުލެއް ބޮޑުކަމުންނެވެ.
ކެރޯލީން ލީވިޓް ގެންގުޅޭ މޯބައިލް ފޯނާއި އަތްދަބަހާއި ހެދުންތަކާއި ފައިވާނާއި އެހެނިހެން ބައިވަރު އެއްޗެއްސަކީވެސް ޗައިނާގެ އުފެއްދުންކަން ހާމަވެގެން ދިއުމަކީ ހައިރާން ވާން ޖެހޭނެ ކަމެއް ނޫންކަމަށްވެސް މިންހާ ފާމް ބުނެފައިވެއެވެ.
One Response
އެމެރިކާ އަށް ކުރެވޭނެކަމަކީ ބޮން އެޅުން ބޮންވިއްކުން
ފިތުނަ އުފެއްދުން !
އެނޫން އުރައްޕެއްހުރިބަ ޔަކުނޫން!