މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮފް ޒުވާން އަންހެނަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ.
އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.