ކަނޑުއަޑީގައިއަޅާފައިހުރި މުވާސަލާތީ ކޭބަލްތަކަށް ރަޝިޔާއިން ހަމަލާ ދީފާނެކަމަށް ތުހުމަތުކުރެވޭތީއާއި އަދި އެކަމުގެ ސަބަބުން އިންޓަރނެޓް ޚިދުމަތް ކެނޑިގެން ހިގައިދާނެ ކަމަށްޓަކައި ނޭޓޯގެ މިލިޓްރީ އިސްވެރިންނަށް ޓެލިކޮމިއުނިކޭޝަން ކުންފުނިތަކުން އިންޒާރު ދީފިއެވެ.
އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަންއާއި އަދި ނޭޓޯގެ އިސްވެރިންނަށް ވޮޑަފޯނާއި ޓެލިފޯނިކާއާއި އޯރެންޖް ފަދަ މުވާސަލާތީ ކުންފުނިތަކުން ފޮނުވާފައިވާ ހުޅުވާލެވިފައިވާ އިންޒާރުގެ ސިޓީ އެއްގައި ބުނެފައިވަނީ ކަނޑުއަޑީގައި އަޅާފައިހުރި ކޭބަލްތަކަށް ލިބޭ ގެއްލުމަކުން މުވާސަލާތީ ޚިދުމަތް ކެނޑި މާލީ ޚިދުމަތްތައްވެސް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. މި ޚަބަރު ފެންމަތި ވެގެން މިއުޅެނީ ކަނޑުއަޑީގައި އަޅާފައިހުރި މުވާސަލާތީ ފައިބަރ އޮޕްޓިކް ކޭބަލް ތަކަކަށް ކޮނެމެވެސް ބަޔަކު ދާދިފަހުން ގޯނާކުރުމުގެ ސަބަބުން ދުނިޔޭގެ މުވާސަލާތަށް އެނގުން ވުމާ ގުޅިގެންނެވެ.

ކަނޑުއަޑީގައި އަޅާފައިވާ މުވާސަލާތީ ކޭބަލްތަކާއި އެކަމަށް ކުރެވިފައިވާ އިންވެސްޓްމެންޓް ތަކަކީ ވެސް ރައްކާތެރިކުރެވިފައިވާ ތަކެތި ކަން ކަނޑައަޅައި ދިނުމަށް އެ ސިޓީގައި ބާރުއަޅާފައިވެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ބޭނުންކުރާ މުވާސަލާތީ ޑޭޓާ ތަކުގެ %95 ހިއްސާކުރަނީ ކަނޑުއަޑީގައި އަޅާފައިވާ 500 އަށްވުރެންގިން ކޭބަލްގެ ވަސީލަތުންނެވެ. ކޭބަލްތައް އަޅާފައި ހުންނަ ސަރަހައްދުތަކުގެ ދުރުކަމުން ގެއްލުންލިބޭ ކޭބަލް ލައިން ދެނެގަތުމަކީވެސް ވަރަށް އުދަނގޫ ކަމެކެވެ.
2012 ގައި ކޭބަލް އެންޑް ވަޔަލެސް ކުންފުނީގެ އެތައްހާސް ކިލޯ މީޓަރެއްގެ ދިގު ކަނޑުއަޑީގެ ކޭބަލްތައް އެއް ބިލިއަން ޕައުންޑަށް ގަތުމުން މިހާރު ވޮޑަފޯން ވެފައިވަނީ އިނގިރޭސި ވިލާތުގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމުގައެވެ.
މިހާތަނަށް ކަށަވަރުކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ބޯލްޓިކް ސީގެ ތެރޭގައި އަޅާފައިހުރި ކޭބަލްތަކުން މަދުވެގެން 11 ކޭބަލް ވަނީ ހަލާކު ކޮށްލާފައެވެ. އަދި ނޯތު ސީ ގައި އަޅާފައިހުރި ކޭބަލްތަކުންވެސް އެގާރަވަރަކަށް ކޭބަލް ވަނީ ހަލާކު ކޮށްލާފައެވެ. ބޯލްޓިކް ސީގައި އެންމެ ގިނައިނަ ކޭބަލްތައް އަޅާފައިހުރި ސަރަހައްދުތަކުން ރަޝިޔާގެ 50 ވަރަކަށް ބޯޓު ވަނީ ފެނިފައެވެ. އެހެންވީމާ ކޭބަލްތައް ހަލާކު ކޮއްލުމަކީ ދުޝަމަނުންގެ ތަޚްރީބީ ( ސަބޯޓާޖް ) އަމަލެއް ކަމަށް ބެލެވެއެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި ރަޝިޔާގެ ޖާސޫށީ އުޅަނދު ޔަންޓާރ އިން ކަނޑުއަޑީގެ އިންފްރާސްޓްރަކްޗަރގެ ޗާޓް ކުރަހަމުންގެންދާތީ އިނގިރޭސި ވިލާތުން ގެންދަނީ އެ އުޅަނދަށް ފާރަލަމުންނެވެ.
ތައިވާނުގެ ވަށައިގެން ޗައިނާއިން ހިންގަމުންގެންދާ ތަޚްރީބީ ހަރަކާތްތަކުގެ ސަބަބުންވެސް ހަމަހިމޭނުން ތިބުން މިވަނީ އުދަނގޫކަމަކަށް ވެފައެވެ. މިއީ ހައްތާވެސް ރަޝިޔާއިން ކުރަމުން ގެންދާ ދުއްތރާތަކެއް ކަމުގައި އިނގިރޭސި ވިލާތުގެ ދިފާއީ ވަޒީރު ޖޯން ހީލީ ވަނީ ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވެއެވެ. “ ރައީސް ޕޫޓިން ތިޔަ ކުރައްވާ ކަންތައް އަހަރެމެންނަށް ރަނގަޅަށް އެނގެއެވެ. އަހަރެމެން ލަދުން އަނގައިން ނުބުނެ ރައްދު ނުދީ ތިބޭނެކަމަށް ހީނުކުރާށެވެ.“
އިނިގިރޭސި ވިލާތުގެ ކަނޑުއަޑީގެ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގެ ގާބިލްކަން އިނގިރޭސި ސަރުކާރުގައި ހުރި މިންވަރެއް ދެނެގަތުމަށްޓަކައި އިނގިރޭސި ވިލާތުގެ ނޭޝަނަލް ސެކިއުރިޓީ ސަބްކޮމިޓީގައި ހިމެނޭ ޕާރލަމެންޓްގެ މެމްބަރުން މިހާރު ގެންދަވަނީ ތަޙްގީގު ކުރައްވަމުންނެވެ. ޖިއޯ ޕޮލިޓިކަލް ތިމާވެށި ނުރައްކަލަށް ވެއްޓިގެންދާ މިދަނޑިވަޅުގައި ބޭރު ގައުމުތަކުންވެސް މި ގެންދަނީ އަހަރެމެންނަށް ޖެއްސުންކުރަމުންނެވެ. އަހަރެމެންގެ މުވާސަލާތީ ނެޓްވާރކްގެ މާދަމާގެ ހާލަތުވެސް ކަށަވަރު ކުރެވޭނެގޮތެއް ނެތެވެ. އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ މެޓް ވެސްޓަރން ބުނެފައިވެއެވެ.