މިސައިލް ފޮނުވޭ ޑޯގަން ކްލާސް މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ

Loading

April 13, 2025
profile
Facebook
Twitter
WhatsApp

މިސައިލް ފޮނުވޭ ޑޯގަން ކްލާސް މަނަވަރެއް ތުރުކީވިލާތުން، ދިވެރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ.

މިކަންހާމަކޮށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އެންމެ އިސްކަމެއްދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުން ކަމަށެވެ.

މިގޮތުން ޤައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑުގެ ބާރު ދެގުނަ ކުރައްވާ ޤާބިލުކަން އިތުރުކުރުމަށް ކުރައްވަމުން އަންނަ މަސައްކަތުގެތެރެއިން ރަހުމަތްތެރި ޤައުމުތަކާއި ބަދަހިކުރަމުން އަންނަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ތުރުކީގެ ހިލޭ އެހީގައި ޑޯގަން ކްލާސް މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި މި އުޅަނދު ރާއްޖެއަށްގެނެސް ދިފާއީ ބާރުގެ ޚިދުމަތަށްނެރެ ސިފައިން މި އުޅަނދު އޮޕަރޭޓުކުރުމަށް ތައްޔާރުވުމަށް ތުރުކީގައި ދިވެހި ސިފައިން ތަމްރީނުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މަނަވަރު ގެންނަން މަސައްކަތް ކުރަނީ މި މަހާއި ޖޫން މަހާ ދޭތެރޭގައެވެ. މީގެ އިތުުރުން އެ މަނަވަރު ރާއްޖެ ގެނެސް އެކްޓިވޭޓް ކޮށްދޭނީ ތުރުކީގެ ނޭވީ ޓީމުން ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް