ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރަން ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައިވާއިރު، ޑަބްލިއުއެޗްއޯއިންނާއި ޔުނިސެފުން ވެސް މި ކަމާގުޅޭގޮތުން ހެލްތު މިނިސްޓްރީއަށް ލަފާދެއްވާފައިވާ ކަމަށެވެ.