އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއުންބޭރަށް ގެންގޮސްފިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެ ރޭގެ 11:15 ހާއިރު އެވެ. އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިންނެވެ. އެއީ އުމުރުން 31 އަހަރުގެ ދެ މީހުންނެވެ. ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ ދެމީހުން މާލެ ގެނައީ އެ ރޭ ދަންވަރުއެވެ.
އައިޖީއެމްއެޗްގައި އެ ދެމީހުންނަށް އިތުރު ފަރުވާ އެ ރޭ ދަންވަރު ފަށާފައި ވާއިރު ހާލު ދެރަވެ މިދިޔަ ހަފްތާގައި އަންހެންމީހާ ވަނީ ނިޔާވެފައެވެ.
ނަމަވެސް ފިރިހެންމީހާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިސް މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ވެންޓިލޭޓަރުން ނެގުމަށްފަހު އައިސީޔޫގައި ފަރުވާ ފަށާފައެވެ.
އެނގިފައިވާ ގޮތުގައި މިހާރު އެ ފިރިހެން މީހާ އަށް އިތުރުފަރުވާ ދިނުމަށް ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ.