ވީޑިއޯ މެދުވެރިކޮށް ރައީސް މުޢިއްޒުއަށް ސުވާލު ހުށަހެޅުއްވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި ”ރައީސްގެ ޖަވާބު“ ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށެވެ.

އެގޮތުން މި ޕޯޓަލް،https://citizensvoice.gov.mv މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

”ރައީސްގެ ޖަވާބު“ ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު ޢާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށްޓެވި ސިލްސިލާއެކެވެ.

ރައީސް އޮފީހުން ވިދާޅުވީ ”ރައީސްގެ ޖަވާބު“ ސިލްސިލާ އަލުން މި ފެށްޓެވީ، ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކޮންމެ ސުވާލެއްވެސް، ”ރައްޔިތުންގެ އަޑު“ ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅުއްވޭނެ އިންތިޒާމުތަކާއެކު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް