ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނު ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނު ކުރުމަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއުކޮށްފައެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނު ކުރަން ފެންނަ ކަމަށް ޖޭއެސްސީން އިއްޔެ ވަނީ ރައީސަށް ލަފާ އަރުވާފައެވެ.

އެހެންކަމުން އެ މައްސަލައާމެދު ގޮތެއް ނިންމައިވައި ދެއްވުމަށް އެދި ރައީސް މަޖިލީހަށް ހުށަހަޅުއްވާފައި ވާތީ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް