ކަނޑުމަތީ ބެހެމުން ދިޔަ ޕެރޫގެ މަސްވެރިއަކު 95 ދުވަސް ފަހުން ސަލާމަތް ކޮށްފި

Loading

Facebook
Twitter
WhatsApp

މަސް ބޭނުމަށްޓަކައި ކަނޑަށް ނިކުތް ޕެރޫ ގެ މަސްވެރިޔަކު ބެހިގެން 95 ދުވަހު އުޅުނު ފަހުން ސަލާމަތް ކޮށް އާއިލާއާއި ހަވާލުކޮށްފިއެވެ.
އުމުރުން 61 އަހަރުގެ މެކްސިމޯ ނާޕާ ކާސްޓްރޯ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7ވަނަ ދުވަހު މަހަށް ނިކުތީ ދެހަފްތާގެ ދަތުރަކަށް ތައްޔާރުވެގެން ކަމަށް ވެއެވެ.

ޕެރޫގެ ދެކުނުގެ ހިސާބެއްގެ އައްސޭރިފަށުގެ އަވަށަކުން ދަތުރުފަށައިގެން ދިހަ ދުވަސް ވީތަނާ ވަރުގަދަ ތޫފާނެއްގައި ޖެހި އިންޖީނު ހުއްޓި ބޯޓަށް ދެވޭނުދެވޭތަނެއް ނޭގި މަގު އޮޅުނެވެ. އެއަށްފަހު އައި ދުވަސްތަކުގައި އަތުގައި ހުރި ކާއެތިކޮޅު ހުސްވެ ދޫނިމަހާ ކުރަފި އަދި ވެލާ ހިފިއްޖެ ނަމަ އޭގެ މަސް ފަދަ ތަކެތި ކޭކަމަށް ވެއެވެ.އަދި 95 ދުވަސް ފަހުން ރެސްކިއުޓީމް އަކަށް ފެނުނު އިރު އޭނާ އެއްޗެއް ނުކައި ހުންނަތާ ދެހަފްތާ އެއްހާދުވަސް ވެފައިވާ ކަމަށް ވެއެވެ.
މެކްސިމޯ ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމާއި ގުޅިގެން ޕެރޫގެ މެރިޓައިމް ޕެޓްރޯލުން އޭނާ ހޯދުމުގެ މަސައްކަތް ކުރިނަމަވެސް ނުފެނުމުން އޭރު މަސައްކަތް ހުއްޓާލި ކަމަށް ވެއެވެ.
މެކްސިމޯ ނާޕާ ކާސްޓްރޯ ފެނިފައިވަނީ މިދިޔަ ބުދަދުވަހު އިކުއެޑޯގެ ޕެޓްރޯލް ލޯންޗަކަށް ކަމަށް ވެއެވެ.އޭރު އޭނާގެ އުޅަދު އޮތީ ޕެރޫގެ އައްސޭރިފަށާ 1،094 ކިލޯމީޓަރު ދުރުގައި ކަމަށް ވެއެވެ.އެހާ ގިނަ ދުވަހު މެކްސިމޯ އަށް ދިރި ހުރެވުނީ ވާރޭފެން ނެގޭ ގޮތް ވުމުންނާއި އަތުޖެހުނު ކޮންމެ އެއްޗެއް ކައިގެން ކަމަށް އޭނާ ބުނެފައި ވެއެވެ.
މެކްސިމޯ ބުނެފައިވާ ގޮތުގައި އޭނާ މާޔޫސްނުވެ ދިރިހުރުމަށް ހިތްވަރު ކުރެވުނީ އުމުރުން ދެމަހުގެ ކާފަ ދަރިފުޅު ދެކިލާ ހިތުންނާއި އާއިލާގެ މީހުންނާ ބައްދަލް ކުރާހިތުންނެވެ.
މެކްސިމޯ ކަނޑުމަތިން ނަގައިގެން ފުރަތަމަ ގެންދިޔައީ މެޑިކަލް އެސެސްމަންޓް ހެދުމަށް ހޮސްޕިޓަލް އަށް ކަމަށް ވެއެވެ. އެއަށްފަހު ވެރިރަށް ލީމާއަށް ގެންދެވި އާއިލާއާއި ބައްދަލް ކުރުވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް