އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަޤާމުން އަހްމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުގައި ހުންނަވައިގެން، އޭނާއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކޮށް އިހުމާލުވެފައިވާއިރު، އެކަންކަން ފާހަގަކުރުމަށް ޤާނޫނުން ޒިންމާތައް މަތިކޮށްފައިވާ ޑެޕިއުޓީ ގަވަރުނަރު، އިމާދު އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަަމަށްބުނެ އިމާދު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.
އިމާދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ފަވަރަ ތަރައްގީ ކުރުމާއި މާލީ ބައިވެރިވުން ކުރިއެރުވުމަށް ކުރި މަސައްކަތްތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވައިދު ތަންފީޒު ކުރުމާއި ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުވުމުގައި އޭނާގެ ބައިވެރިވުން ހިމެނޭނެ ކަމަށެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަޤާމަށް އައްޔަނު ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.