ބައްޕަގެ ބޭކަރީ

Loading

Facebook
Twitter
WhatsApp

ބައްޕަގެ ބޭކަރީ ބަންދުކުރަން ޖެހުނު ދުވަސް އަހަރެން ރީތިކޮށް ހަނދާން ހުރެއެވެ.އޭރު އަހަރެންގެ އުމުރުން ދިހަ އަހަރެވެ.ވިޔަފާރި ދަށްވަމުން ދަށްވަމުން ގޮސް ބައްޕަޔަށް ބޭކަރީ ހިންގޭވަރުނުވީއެވެ.އެންމެ ފަހު ފަހަރަށް ބައްޕަ ބޭކަރީގެ ދޮރު ލެއްޕި ދުވަސްވެސް އަހަރެން ރީތިކޮށް ހަނދާން ހުރެއެވެ.އެވަގުތު ބައްޕަގެ ލޮލުން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. އަހަރެން ބަލަން ހުރިގޮތުން އަހަރެންނާއި ދިމާއަށް ބައްޕަބުންޏެވެ.“ދަރިފުޅާއެވެ.ބައެއްފަހަރު ކަންތައް ދިމާކުރާގޮތަކުން ކަމެއް ކާމިޔާބު ކުރުމަށްޓަކާ ހަމައެކަނި ބުރަމަސައްކަތަކުން ނުފުދެއެވެ.“
ބޭކަރީ ލެއްޕުމަށްފަހު ބައްޕަ އަހަރުމެން ގޮވައިގެން ކުޑަކުޑަ އެޕާޓްމަންޓަކަށް ބަދަލުވިއެވެ.އަދި އިމާރާތްތައް ސާފުކުރާމީހެއްގެ ވަޒީފާ ބައްޕަ ހޯދިއެވެ.


އެދުވަސްތަކުގައިވެސް ވަޒީފާއެއްގެ ގޮތުން ނޫންނަމަވެސް ބައްޕަ ކޮންމެ ރެޔަކުވެސް ޕާން ފިހެއެވެ. ކުރާހިތްވާ މަސައްކަތަކަށް ވާތީއެވެ.
އެއްދުވަހަކު އަހަރެންގެ އަތަށް ޕާނެއް ދީފައި ބައްޕަ ބުންޏެވެ. މިޕާން ގެންގޮސް އަހަރުމެންގެ ތިރީ ފްލޯގައި ދިރިއުޅޭ މުސްކުޅި އަންހެން މީހާއަށް ދީފައި އަންނާށެވެ.އޭނައުޅެނީ ވަރަށް ދަތި ހާލުގައިކަން ބައްޕަ އަށް އެގެއެވެ.އަހަރެން ޕާން ގެންގޮސް ދިނުމުން އެއަންހެންމީހާފެށީރޯށެވެ. އަދި ބުންޏެވެ. ކަލޭގެ ބައްޕައަކީ ހާދަ ހިތްހެޔޮ ރަގަޅު މީހެކެވެ. އަދި ބައްޕަގެ މައްޗަށް ހެޔޮދުއާ ކުރިއެވެ.
ދާދި އަވަހަށް ބައްޕަ ޕާން ފިހާ ހަބަރު އަވަށްޓެރިންނަށް ފެތުރިއްޖެއެވެ. އަދި ޕާނަކަށް އެދިގެން އައިސް އަހަރުމެން އެޕާޓްމަންޓްގެ ދޮރުގައި ޓަކިޖަހާ މީހުންގެ އަދަދު ގިނަވާންފަށައިފިއެވެ.އެމީހުން އަތުގަ ފައިސާހުރެގެން ނެއްނޫނެވެ.ނަމަވެސް އެމީހުން ބަނޑިހައިވެފައި ތިބޭތީއެވެ.އެއްޗެއް ހޯދަން އަންނަ މީހަކު ހުސްއަތާ ފޮނުވާލުމަކީ ބައްޕަ ކުރާނެ ކަމެއް ނޫނެވެ.
މިގޮތުގައި ދުވަސް ކޮޅެއް ވީތަނާ އަހަރުމެން ހީވެސް ނުކުރާކަހަލަ ކަމެއް ވިއެވެ.ކޯޓުފަޓުލޫނު ލާފަ ރީތިކޮން ހެދުން އަޅައިގެން ހުރި މުއްސަނދި މީހަކު އެއްދުވަހަކު އަހަރުމެންގެ އެޕާޓްމަންޓަށް އައެވެ.އޭނާއަކީ އެއަވަށުގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓެއްގެ ވެރިޔާއެވެ.
އެމީހާ އައިސް ބައްޕަޔާ ބައްދަލްކޮށްފައި ބުންޏެވެ.ކަލޭ ފިހާ މާމީރު ޕާނެއްގެ ހަބަރު އަހަރެންނަށް ލިބިއްޖެއެވެ.އަހަރެން ބޭނުންވަނީ އަހަރުމެންގެ ރެސްޓޯރަންޓުގެ މެނޫ އިން ލިބޭ އެއްޗެތީގެ ތެރޭގައި ކަލޭގެ ޕާންވެސް ހިމެނުމަށެވެ.
އޭގެ ދުވަސް ކޮޅެއް ފަހުން ބައްޕަ ބޭނުންވާފެންވަރަށް ބައްޕަގެ ބޭކަރީގެ މަސައްކަތް ފުޅާވެ ކުރިއަރައިގެން ހިނގައްޖެއެވެ.ބައްޕަ މިހާރު މަޝްހޫރު ވެފައިވަނީ ހަމައެކަނީ ބޭކަރީއެއްގެ ވެރިޔާގެ ގޮތުގައެއްނޫނެވެ. އެތައް ރެސްޓޯރަންޓަކަށް ޕާސް ސަޕްލައިކޮށްދޭ މީހެއްގެ ގޮތުގައެވެ.މިހާހަމަޔަށް އައިއިރު ބައްޕަގެ ތިބެނީ ހަމައެކަނި ވަކިވަކި ކަސްޓަމަރުން ނެއް ނޫނެވެ.ބައްޕަ ޕާންވިއްކާ އޮންނަނީ ބޮޑު މުޖްތަމައު އެކެވެ.
އޭގެ އަހަރުތަކެއްފަހުން އަހަރެން ބައްޕަ ކުރެން އެހީމެވެ. ”ހުރިހާއެއްޗެއް ގެއްލި ފަގީރު ވުމަށްފަހު ވެސް އަނެއްކާ މިފަދަ މުއްސަނދި ކަމެއް ލިބުނީ ކިހިނެއް ހެއްޔެވެ.“ ބައްޕަ ހިނިތުން ވެލުމަށްފަހު ބުންޏެވެ. ”ދަރިފުޅާއެވެ. އަބަދުވެސް ހަންދާން ކުރާށެވެ.މީހުންނަށް އޯގާތެރިވެ އެހޮފޯރުވާ ދިނުމަކީ އެންމެ ރަގަޅު އިންވެސްޓްމަންޓެވެ. މީހަކަށް އެއްޗެއް ދިނުމުން ނުވަތަ ޞަދަގާތެއް ކުރުމުން އެއެއްޗެއް ގެއްލިނުދާނެއެވެ. އަހަރުމެން ދިން އެއްޗެއް ނުވަތަ އެއަށް ވުރެގިނައިން އަހަރުމެންނަށް އަނބުރާ ލިބުމުގެ މަގު ކަނލާގެ ހުޅުވާދެއްވާނެއެވެ.ހަޔާތުގައި ކާމިޔާބީ އަކީ ހަމައެކަނި މަސައްކަތް އިނގިގެން ނުވަތަ ހަމައެކަނި ބުރަމަސައްކަތުން ހޯދޭނެއެއްޗެއް ނޫނެވެ.ކާމިޔާބީ ވަނީ އެމީހެއްގެ ހިތުގެ ނިޔަތާވެސް ގުޅިފައެވެ.ބަދަލުގަ އެއްޗެއް ލިބުމަށް ނޭދި ހިތްހެޔޮކަމާއެކު މީހަކަށް އެއްޗެއް ފޯރުވައިދީފިނަމަ އަހަރުމެން ހިތަށްވެސް ނާރާފަދަ ގޮތްގޮތުން އަހަރުމެންނަށް އެކަމުގެ އިނާމު ލިބޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް