އެނދުދަށުން ނެރެން ޖެހުނު ”މައިދައިތަ“

Loading

Facebook
Twitter
WhatsApp

ގޭގަ އުޅެނީ އަހަރުމެން ދެމަފިރިން އެކަންޏެވެ. އެހެން ކަމުން ދެމީހުން އެކުގަ ތާކަށް ދާންވެއްޖެނަމަ ގެހުންނާނީ ފަޅަށެވެ. މިގޮތަށް ތަނަކަށް ދާނަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. ދޮރުމަތީގައިވާ ބޮކިދިއްލުން ،ފޯނުގެ އާންސަރިންގ މެޝިން ސެޓް ކުރުން، ގުރާކޮށީގަ ފޮތިގަނޑެއް އެޅުން އަދި ބުޅާ ގޯތިތެރެޔަށް ނެރުން މިކަހަލަ ކަންތައް ތަކެކެވެ.


އަހަރުމެން ދެމަފިރިން އެކުގައި ޕާޓީ އަކަށް ދާން ތައްޔާރުވި ރެއެކެވެ. ހެދުން އަޅާ ތައްޔާރުވެ ނިމުމަށްފަހު އަހަރެން ކުރިން މިބުނި ކަންތައް ކޮށް ނިންމަނިކޮށް އަންހެނުން ޓެކްސީ އަކަށް ގުޅިއެވެ. ގޭދޮރުން އަހަރެން ހަމަ ނިކުމެ ނިކުމެ އޮއްވާ ބުޅާ ކުއްލިއަކަށް ގޭތެރެޔަށް އަނެއްކާވެސް ދެމިގަތެވެ.
ހަމަ އެވަގުތު ޓެކްސީ ވެސް އަތުވެއްޖެ އެވެ.އެހެންނަމަވެސް އަހަރެން ގަސްތުކުރީ ދެވަނަ ފަހަރަށްވެސް ބުޅާ ބޭރަށް ލާން ދިއުމަށެވެ. ނޫނީ ގުރަޔަށް ”ކުޅިވަރު“ ދައްކާނެތީއެވެ.
އަހަރެން ބުޅާ ބަލާ ދިޔަވަގުތު އަންހެނުން ޓެކްސީ އަށް އަރާ ހަމަޖެހިލިއެވެ.އަދި އަހަރުމެން ދެމީހުން ނެތި ގެހުންނާނީ ހުހަށްކަން ނޭންގުމަށްޓަކާ އަންހެނުން ބުނެލިއެވެ.“ފިރިމީހާ އެދިޔައީ މަންމަ ކައިރީ ބޭރަށް ދާވާހަކަ ބުނެލާށެވެ.ވަރަށް އަވަހަށް އަންނާނެއެވެ“
ބުޅާ ގޭތެރެޔަށް ވަން ގޮތަށް ދުވެފަ އެރީ ސިޑިން މައްޗަށެވެ.އަހަރެން އޭތިފަހާ މައްޗަށް އެރިއިރު ހީވީ ފައްކާ އެކްޝަން ފިލްމެއްގެ ތަންކޮޅެއް ހެންނެވެ.ބުޅާ ފަހާ ދުވެ ވަރުބަލިވިފަހުން އަތުޖެހުމުން ގެނެސް ދޮރުން ބޭރަށް ލުމަށް ފަހު ގެތަޅުލާފަ އަވަސް އަވަހަށް ޓެކްސީ އަށް އަރަން ދިޔައިމެވެ.އަދި ބުނީމެވެ. ”އެހާލަސްވީތީ މައާފަށް އެދެމެވެ. އަހަރެން ދާން ފެށުމުން އެ ސޭކު ގޮލާގޮސް ފިލަން ވަނީ އެނދު ތަންދޮށަށެވެ.އެނދު ދަށުން ނެރެން ޖެހުނީ ކޯޓުއަޅުވާ ކަހަލަ ކޮނޑަކުން ކޮއްޓައިގެންނެވެ.އެވަރުން ނެރުނީމަވެސް އުޅުނީ ދުއްވައިގަންނާށެވެ.އެކަމަކު އަހަރެން އޮތީ ކަރުގައި ހިފަހައްޓާފައެވެ.އެއަށްފަހު ރަޖާގަޑެއް އެއްލާ އެއްކޮށް އޮޅާލީމެވެ.އަހަރެންގައިގަ ވަކިއަޅާފާނެތީއެވެ.ރަޖާގަނޑާއެކީ ދަމާގެނެސް ގޯތި ތެރެޔަށް އެއްލީއެވެ.“
އެވަގުތު ކާރުތެރެ ހިމޭންވެގެން ދިޔައީ އާދަޔާޚިލާފް ގޮތަކަށެވެ. ޑްރައިވަރުގެ މޫނަށް އަހަރެން ބަލާލިއިރު އޭނަޔަށް ހީވީ އާފާޑެއްގެ ބައްޔެއް ޖެހިފަ އިންހެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް