ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް އައްޔަނުކޮށްފިއެވެ.
ޝައްމަ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ވިސާމް މިިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ މަގާމުގެ ކޮންމެ ހަރުފަތެއްގައި ޝައްމައަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވި ޝައްމަ އަދާކުރެއްވި ބައެއް މަގާާމުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމާއި ކޮންސިއުމާ އޮމްބަޑްސްޕާސަންގެ މަގާމާއި އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާ ހިމެނެ އެވެ.