އެމެރިކާ އާއި ދެކޮޅަށް ކުރަންޖެހުނު ކޮންމެ ވައްތަރެއްގެ ހަނގުރާމަ އަކަށްވެސް ތައްޔާރު-ޗައިނާ

Loading

Facebook
Twitter
WhatsApp

އެމެރިކާ އާއި އެކު ކުރަންޖެހުނު ކޮންމެ ވައްތަރެއްގެ ހަނގުރާމަ އަކަށްވެސް ޗައިނާ އޮތީ ތައްޔާރަށް ކަމުގައި އެގައުމުން ބުނެފިއެވެ.ޗައިނާ އިން މިހެން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއާއި ދެކޮޅަށް އިތުރު ޓްރޭޑް ޓެރިފްތައް އިއުލާން ކުރެއްވުމާއި ގުޅިގެން ޗައިނާވެސް އެމެރިކާއާއި ދެކޮޅަށް އިތުރު ޓެރިފްތައް އިއުލާން ކުރުމަށް ފަހުއެވެ.


އެމެރިކާއާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދަށް ވާއިރު މިހާރު ފެށިފައިވާ ޓެރިފް ”ކަންތައްގަނޑުގައި“ ދެގައުމުން ދަނީ ޓްރޭޑް ހަނގުރާމައަކާ ގާތަށް ޖެހެމުންނެވެ.
އެންމެ ފަހުން އެޅިފިޔަވަޅުތަކުގެ ދަށުން އެމެރިކާއިން ވަނީ ޗައިނާގައި އުފައްދާ ހުރިހާ މުދަލަކަށް ޓެރިފް އިއުލާން ކޮށްފައެވެ.ރައްދުގައި ޗައިނާއިން ވަނީ އެމެރިކާގެ ފާމް ޕްރޮޑަކްޓް ތަކަށް ދިހަ އިންސައްތައާއި 15 އިންސައްތައާއި ދެމެދުގެ ޓެރިފް އިއުލާން ކޮށްފައެވެ.
”އެމެރިކާއިން ބޭނުންވަނީ ހަނގުރާމައަކަށް ދިއުމަށް ކަމަށްވާނަމަ،އެއީ ޓެރިފް އަނގުރާމައެއް،ޓްރޭޑް ހަނގުރާމައެއް،އަދި ނޫނީ އެހެން ކޮންމެވައްތަރެއްގެ ހަނގުރާމައެއްނަމަވެސް، ކޮޅެއްގައި ޖެހެންދެން ކުރިޔަށްދާން ޗައިނާ އޮތީ ތައްޔާރަށް“ ކަމުގައި ވޮޝިނގްޓަންގައި ހުންނަ ޗައިނާގެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިއީ ޓަރްމްޕް ދެވަނަ ފަހަރަށް ރައީސްކަމަށް ވަޑައިގެން ފައްޓަވާފައިވާ ޓެރިފް ގެ ކަންތައްގަނޑު ގެފަހުން ޗައިނާއިން އެމެރިކާއަށް ދިން އެންމެ ހަރުކަށި ބަހުގެ ހަމަލާއެވެ.އަދި އެކްސްގައި ކުރިޕޯސްޓް އައިސްފައިވަނީ ނެޝަނަލް ޕީޕަލްސް ކޮންގްރެސް ގެ އަހަރީ ބައްދަލް ވުމަށް ޗައިނާގެ އެންމެ އިސްވެރިން ބޭޖިންގ އަށް ވަޑައިގެން ތިއްބެވި ވަގުތާއި ދިމާކޮށެވެ.
ބުދަދުވަހު ޗައިނާގެ ޕްރެމިއަރ ލީ ޗިއަންގ ވަނީ ޗައިނާގެ ޑިފެންސް ބަޖެޓް މިއަހަރު 7.2 އިންސައްތަ އިތުރު ކުރެވޭނެ ކަން އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ލީ ވަނީ މިގަރުގައިވެސް ފެނިފައިނުވާފަދަ ބަދަލުތައް މިވަގުތު ދުނިޔޭގެ އެކިކަންކޮޅުތަކުން ފެންނަމުން ދާކަމަށް ވިދާޅުވެފައެވެ.
ޓްރޭޑް ހަނގުރާމައެއްގެ ބިރު އޮތްނަމަވެސް ޗައިނާގެ އިގްތިސާދަށް އެކަމުން އަސަރު ނުކޮށް،އިގްތިސާދް ފުޅާވަމުން ދާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައްޔިތުންނަށް ދިނުމަށް ބޭޖިންގ ގެ ވެރިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެމެރިކާ އިން ޣައްޒާ އަދި ޔުކްރެއިން ހަނގުރާމައިގައި ޝާމިލްވާކަމަށް ޗައިނާއިން ތުހުމަތު ކުރާއިރު، އެމެރިކާއާއި ޚިލާފަށް ޗައިނާއަކީ ހަމަޖެހޭ، ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެއްކުމަށް ޗައިނާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް